ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަސްދީގުނުކުރަން ކައުންސިލުތަކުގެ ޖަމިއްޔާއިން ގޮވާލައިފި

މިއަދު ކައުންސިލް އެސޯސިއޭޝަން އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. އެ އެސޯސިއޭޝަން އިން ބުނީ ބިލު ތަސްދީގުނުކުރުމަށް----

މިއަދު ކައުންސިލް އެސޯސިއޭޝަން އިން ބޭއްވި ބައްދަލުވުމުގެ ތެރެއިން. އެ އެސޯސިއޭޝަން އިން ބުނީ ބިލު ތަސްދީގުނުކުރުމަށް----

ކައުންސިލްތަކުގެ ބާރު ކުޑަވާ ގޮތަށް ފަރުމާ ކޮށްފައިވާ, ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު ތަސްދީގު ނުކުރަން ކައުންސިލުތަކުގެ ޖަމިއްޔާ، މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަން (އެމްއެލްސީއޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް މިއަދު ގޮވާލައިފި އެވެ.

އެމްއެލްސީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޫނު އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ ވަޒީރަށާއި މަޖިލިސް މެންބަރުންނަށް ވެސް ބިލުގައިވާ އެއްޗެއް ރަނގަޅަށް ނޭނގޭ ކަމަށެވެ. އަދި މި ބިލު ތަސްދީގު ނުކޮށް އަލުން މަޝްވަރާކުރުމަށް އެ އެސޯސިއޭޝަންގެ ފަރާތުން އޭނާ ގޮވާލެއްވި އެވެ.

"އަޅުގަނޑުމެން މި އެސޯސިއޭޝަން އިން ރައީސަށް މި ގޮވާލަނީ ބިނާވެށި ބިލުތަސްދީގު ނުކޮށް އަލުން އެ ބިލާ މެދު މަޝްވަރާ ކުރުމަށް. އަސްލު ހަގީގަތުގައި ވަޒީރު ބޭފުޅުންނާއި މަޖިލިސް މެންބަރުންނަށް ވެސް މި ބިލުގައި ވާގޮތެއް ނޭނގޭ،" ބަޝީރު ވިދާޅުވި އެވެ.

ބަޝީރު އިތުރަށް ފާހަގަކުރީ 2019 ގައި ގާނޫނަށް ގެނެވުނު އިސްލާހާއި އެކީގައި ކައުންސިލުތަކަށް ބާރުތަކެއް ލިބި ހިންގައި ގަނެވުނީ އަދިކިރިޔާ ކަމަށެވެ. ނަމަވެސް، މި ބިލުގެ ސަބަބުން އެ ބާރުތައް ހަނިވެ ކައުންސިލުތަކުން ހަދައިފާ ހުރި ލޭންޑް ޔޫސް ޕްލޭންތައް ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުން ވިދާޅުވީ މި ބިލުގެ ސަބަބުން އަތޮޅު ކައުންސިލުތައް އެއްކޮށް އެކަހެރިވެގެންދާ ކަމަށެވެ. އަދި ކައުންސިލުތަކަށް ލިބިގެންދާ އެތައް ބާރެއް ހިފެހެއްޓި ސަރުކާރުގެ އޮތޯރިޓީއެއްގެ ތެރެއަށް އެ ބާރުތައް ދާ ކަމާއި އަދި ރައްޔިތުންގެ އަޑު އެކީގައި ކެނޑިގެންދާނެކަމަށް މި ބޭފުޅުން ވިދާޅުވި އެވެ.

ބިނާވެށި ޕްލޭންކުރުމުގެ ބިލު މަޖިލީހުން ފާސްކުރީ އޮގަސްޓް 22، ގަ އެވެ. ބިނާވެށި ޕްލޭން ކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅީ ޕީއެންސީއަށް ނިސްބަތްވާ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އެވެ. އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 79 މެންބަރުންގެ ތެރެއިން 67 ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓު ދިނީ 10 މެންބަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox