އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާތައް ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާތައް ހިންގަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށާއި މަސާޖުޕާލަތައް ގޮތަށް ހިންގާ ތަނެއް ދެން ފާހަގަކުރެވިއްޖެ ނަމަ ބަންދު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް މިހާރު ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަނުުގެ އަދާހަމަ ހިއްސާ ކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖުޕާލާއެއް ހިންގަން އެއްވެސް ފަރާތަކަށް މިހާތަނަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ.

"އަސްލު ރާއްޖޭގައި، މާލޭގައި ހާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި މަސާޖު ޕާލާއެއް ހިންގާކަށް ހުއްދައެއް ދީފައެއް ނުވާނެ. މި ހިންގަނީ ސެލޫންގެ ނަމުގައި ހިންގާ ތަންތަން. އެތަނުގައި ދެން މި ކުރެވެނީ މި ދެންނެވި ބާވަތުގެ މަސައްކަތްތައް،" އިހުސާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގައި ރެޖިސްޓަރީ ނުކޮށް ވިޔަފާރިއެއް ހިންގުމަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނުގައި ލާޒިމު ކޮށްފައިވާ ކަމެކެވެ. ރެޖިސްޓަރީ ނުކޮށް ވިޔަފާރިއެއް ހިންގާ ނަމަ އެބަޔަކާ މެދު ފިޔަވަޅު އެޅޭނެ ގޮތްތައް ވެސް ގާނޫނުގައި ބަޔާން ކޮށްފައިވެ އެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޓާސްކްފޯސްއަށް އެފަދަ ތަނެއް ފާހަގަ ކުރެވިއްޖެ ނަމަ އެތަނެއް ބަންދު ކުރާނެ ކަމަށެވެ.

"ދެން މި ހިސާބުން މިއޮތީ އަސްލ ވިޔަފާރި ބަންދު ކުރެވޭ ހާލަތު އައިސްފައި. އެއީ ހުއްދަ ނުދޭ މަސައްކަތެއް އެތަނުގައި ކުރުން އަދި ހަށިވިއްކުން ނޫންކަމުގައިވިޔަސް، އެހެންވީމާ އަޅުގަނޑުމެން މިހާރު މިއަދުން ފެށިގެން ޓާސްކްފޯސުން ވަންނަ ކޮންމެ ތަނެއް ބަންދު ކުރާނަން މިކަހަލަ ކަމެއް ހިނގާކަން ފާހަގަކުރެވިއްޖެއްޔާ،" އިހުސާން ވިދާޅުވި އެވެ.

މީހުން ދިރިއުޅޭ ތަންތަނުގައި މަސާޖުޕާލާތައް ހިންގަނީ ގަވާއިދާ ހިލާފަށް ކަމަށް އިހުސާން ވިދާޅުވިއިރު، މިހާރު ވެސް މާލޭގަ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސާޖު ޕާލާތައް ހިންގަމުންދެ އެވެ. އަދި، އެތަންތަނަށް ދޭތެރެދޭތެރެއިން ފުލުހުން ވަދެ، ހަށިވިއްކާ ކަމުގެ ތުހުމަތުގައި މީހުން ވެސް ހައްޔަރު ކުރެ އެވެ. ނަމަވެސް އެއިން އެއްވެސް ތަނެއް، ހިންގަނީ ރެޖިސްޓަރީ ނުކޮށް ކަމަށް ބުނެ ބަންދެއް ނުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox