ތިނަދުއަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ހައުސިން ޔުނިޓުތައް ދޫކުރަނީ

ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: ތިނަދޫ ސިޓީން 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ސެޕްޓެމްބަރު މަހު ހުޅުވާލާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ތިނަދޫގައި ސަރުކާރުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: ތިނަދޫ ސިޓީން 200 ހައުސިން ޔުނިޓަށް ކުރިމަތިލާން ސެޕްޓެމްބަރު މަހު ހުޅުވާލާނެކަން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަދަދު ފައިލް

ތިނަދޫ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރަން އިމާރާތްކުރާ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އަންނަ މަހު ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނީ ހައުސިން ޔުނިޓްތައް ދޫކުރުމުގެ އުސޫލާއި، ފޯމް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ އެކަކުން ފެށިގެން ހުޅުވާލާނެ ކަމަށެވެ.

"ތިނަދޫ ސިޓީ ކައުންސިލާއި، ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުގެ ދަށުން ތިނަދޫ ސިޓީގެ ރައްޔިތުންނާއި، ތިނަދޫ ސިޓީއަށް ހިޖުރަކުރަން ބޭނުންވާ އެހެނިހެން ރައްޔިތުންނަށް ހާއްސަކޮށްގެން ތިނަދޫ ސިޓީގައި ސަރުކާރުން އިމާރާތް ކުރަމުންދާ 200 ހައުސިން ޔުނިޓް ދޫކުރަން އިއުލާން ކުރަން،" ސިޓީ ކައުންސިލުން ބުންޏެވެ.

ތިނަދޫގައި 200 ހައުސިން ޔުނިޓު 540 ދުވަސް ތެރޭގައި އިމާރާތް ކުރަން 253.9 މިލިއަން ރުފިޔާ އަށް 2022 ގައި ހަވާލުކުރީ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓާ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އަކާ އެވެ.

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާ ގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުރެ އެވެ.

ތިނަދޫއަކީ ރާއްޖޭގެ ފަސްވަނަ އަށް އާބާދީ އެންމެ ބޮޑު ރަށެވެ. ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ މީހުންގެ އުޅޭ ތިނަދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ. މީގެ ކުރިން އެ ރަށުގައި ގާއިމުކުރި 120 ހައުސިން ޔުނިޓަށް 2016 ގައި ހާހެއްހާ މީހުން ފޯމް ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox