އެމްޕީއެލް ހިޔާ ފްލެޓު މަޝްރޫއުގައި ހުސް މައްސަލަ، މަސައްކަތް ފެށީ ފައިސާ ވެސް ނެތި: އޮޑިޓު

އެމްޕީއެލް ހިޔާ ފްލެޓުތައް: އެމްޕީއެލްއިން ހުޅުމާލޭގައި 14 ބުރީގެ ތިން ޓަވަރު އިމާރާތްކޮށްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

އެމްޕީއެލް ހިޔާ ފްލެޓުތައް: އެމްޕީއެލްއިން ހުޅުމާލޭގައި 14 ބުރީގެ ތިން ޓަވަރު އިމާރާތްކޮށްފައިވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ތިން ޓަވަރު އިމާރާތްކުރަން ފެށީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖައްސާ ކަމަށް އެ މަޝްރޫއުގެ ހާއްސަ އޮޑިޓުގައި ބުނެފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު އާންމުކުރި "މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހިޔާ މަޝްރޫއުގެ ހާއްސަ އޮޑިޓު ރިޕޯޓުގައި" އެ މަޝްރޫއު އިއުލާނުކުރުމާ ހަމައިން ފެށިގެން ފްލެޓުތައް ދޫކުރުމާ ހަމައަށް ހިނގާފައި ހުރި ކަންކަމަށް ވަކިވަކިން އަލިއަޅުވާލާފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެއްސުމުގެ އިތުރުން މަޝްރޫއަށް ހަރަދުކުރި ފައިސާ އަނބުރާ ހޯދާނެ ގޮތުގެ ފީސިބިލިޓީ ސްޓަޑީއެއް ހަދާފައި ނެތުން ވެސް ހިމެނެ އެވެ.

އެމްޕީއެލްގެ މެނޭޖުމަންޓުން މިހެން ކަންކުރުމުގެ ސަބަބުން ހިޔާ މަޝްރޫއަށް ހަރަދުކުރަން ޖެހުނީ އެ ކުންފުނީގެ ކޭޝްފްލޯ ތެރެއިންނެވެ. މިއީ ހިޔާ މަޝްރޫއު ފެށި ފަހުން ކުންފުންޏާ ހަވާލުވީ މެނޭޖުމަންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ފާހަގަކުރި މައްސަލައެކެވެ.

ކުންފުނީގެ ކޭޝްފްލޯއިން ހަރަދުކުރަން ޖެހުމުން ކުންފުނީގެ އެހެން ކަންކަން ކުރަން ހުރި ފައިސާ މަދުވެ، އެމްޕީއެލްއަށް ލިބޭ ފައިދާއިން ސަރުކާރަށް ދައްކަން ޖެހޭ ޑިވިޑެންޑު ވެސް ނުދައްކާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން 2018 އިން 2022 އަށް އެ ކުންފުނިން ޑިވިޑެންޑުގެ ގޮތުގައި ދައްކަން ޖެހޭ 346 މިލިއަން ރުފިޔާގެ ތެރެއިން 291 މިލިއަން ރުފިޔާ އެ ކުންފުނިން ނުދައްކަ އެވެ.

އޮޑިޓުގައި ފާހަގަކުރި އިތުރު މައްސަލަތައް

  • މަޝްރޫއަށް ޕްރޮޕޯސަލް ހުށަހަޅަން ދިނީ ހަ ދުވަހުގެ މުއްދަތެއް، އެއީ އެކަށީގެންވާ މުއްދަތެއް ނޫން
  • ބިޑިން މަރުހަލާގެ ތެރެއިން ބިޑު ސެކިއުރިޓީއެއް ނުނަގާ އަދި ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބެހެއްޓީ 10 ޕަސެންޓުގެ ބަދަލުގައި 2.2 ޕަސެންޓު
  • ކޮންޓްރެކްޓަރުގެ ބީއޯކިޔު ހުށަހެޅީ ގިނަ ފްލޯތަކުގައި ކުލަ ލުމުގެ އަގު ނުހިމަނާ، ވޭރިއޭޝަނާއެކު ކުލަ ލާން ހުރި ހަރަދު އެހެން މަޝްރޫއުތަކަށް ވުރެ ބޮޑު
  • ސައިޓު ހަވާލުކުރާތާ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެއްބަސްވީ ނަމަވެސް، މަޝްރޫއު ނިމުނީ ފަސް އަހަރާ ތިން މަހުން
  • މަޝްރޫއަށް ކޮންސަލްޓަންޓަކު ނެގީ އަމަލީ މަސައްކަތް ފެށިތާ ހަ މަސް ދުވަސް ފަހުން

އޮޑިޓުން ދެން އެންމެ ބޮޑަށް އަޅައިގަތީ ކުންފުނިން ކުރި އިންވެސްޓްމަންޓު، ހުރިހާ ފްލެޓުތަކަށް ފައިސާ ދައްކާ ނިމޭއިރު ވެސް އަނބުރާ ނުލިބޭނެ ކަމަށް އޮތުމެވެ. އަދި އެމްޕީއެލްއިން އިމާރާތްކުރި ފްލެޓުތައް މުވައްޒަފުންނަށް ވިއްކީ އެހެން ކުންފުނިތަކުން އިމާރާތްކުރި ފްލެޓުތަކަށް ވުރެ ބޮޑު އަގެއްގައި ނޫން ކަަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެމްޕީއެލް ހިޔާ މަޝްރޫއު އޮޑިޓާ ޖެނެރަލް އޮފީހުން އޮޑިޓު ކުރީ އެ މަޝްރޫއު އޮޑިޓުކުރަން މަޖިލީހުން އަންގައިގެންނެވެ. މަޖިލީހުން މި މައްސަލަ ބެލީ އެ ފްލެޓުތަކުގެ އަގު ބޮޑު ކަމަށް ބުނެ އެމްޕީއެލްގެ މުވައްޒަފުންތަކެއްގެ ފަރާތުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެމްޕީއެލްއިން މި މަޝްރޫއު ހަވާލުކުރީ ވެލް އެންޑް އޭބްލް އޯވާސީސް ކުންފުންޏާ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ 566 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox