އާމްދަނީ އާއި ހަރަދުގެ ހިސާބުތައް ހާމަނުކުރާތާ ދެ މަސް

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ދައްކައިދޭ ކުރެހުމެއް: ދައުލަތުގެ ހަރަދާއި އާމްދަނީގެ އެންމެ އަދާހަމަ ހިސާބުތައް ހުންނަނީ މި ރިޕޯޓުތަކުގައި -- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު

ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުތައް ދައްކައިދޭ ކުރެހުމެއް: ދައުލަތުގެ ހަރަދާއި އާމްދަނީގެ އެންމެ އަދާހަމަ ހިސާބުތައް ހުންނަނީ މި ރިޕޯޓުތަކުގައި -- އިލަސްޓްރޭޝަން: އިސްމާއިލް އިމްދާދު/އަދަދު

ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމަނައިގެން ފިނޭންސް މިނިސްޓްރީން ގަވާއިދުން ޝާއިއުކުރަމުން އައި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުތައް އާންމުނުކުރާތަ މިއަދަށް ދެ މަސް ދުވަސް ވެއްޖެ އެވެ.

ފިނޭންސް މިިނިސްޓްރީން އެންމެ ފަހުން ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓެއް އާންމުކުރީ މީގެ 60 ދުވަސް ކުރިން، ޖޫން 20 ގަ އެވެ. އެއީ މި އަހަރުގެ 25 ވަނަ ހަފުތާއާ ހަމައަށް މާލީ ހިސާބުތައް އަންގައިދޭ ރިޕޯޓެކެވެ. މިއީ އަހަރުގެ 34 ވަނަ ހަފުތާ އެވެ.

މި ރިޕޯޓުތައް ހާމަނުކުރާ މައްސަލައިގައި ފިނޭންސާ ސުވާލު ކުރުމުން ބުނީ ހިސާބުތައް އާންމުކުރުން ލަސްވަނީ ރީކޮންސިލިއޭޝަން މަސައްކަތް ކުރާތީ ކަމަށެވެ. އަދި މި މަސައްކަތް ނިންމުމަށް ފަހު ނިމުނު މަހުގެ ފަހު ހަފުތާގައި އެ ރިޕޯޓުތައް އާންމުކުރާނެ ކަމަށް ބުންޏެވެ.

އެކަމަކު އެ ތާރީހަށް ވެސް އެއްވެސް ރިޕޯޓެއް އާންމު ނުކުރެ އެވެ. ފިނޭންސުން ވަނީ މިކަމާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުން ވެސް ހުއްޓާލާފަ އެވެ. މިއަދު ވެސް ފިނޭންސުގެ ވެބްސައިޓުގެ އެ ރިޕޯޓުތައް ހުންނަ ބަޔަށް ވަނުމުން ފެންނަ އޮތީ ރީކޮންސިލިއޭޝަން މަސައްކަތް ނިންމާ، ޖުލައި ހަތަރު ވަނަ ހަފުތާގައި އާންމު ކުރާނެ ކަމަށް ބުނެ ޖަހާފައި އޮތް ނޯޓިހެވެ.

މާލީ ހިސާބުތަކުގެ ރިޕޯޓުތައް އާންމު ކުރުން ފިނޭންސުން ހުއްޓާލާފައިވާއިރު، ގައުމުގެ މާލީ މުސްތަގުބަލާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. މި ކަންބޮޑުވުންތައް އިތުރުވީ މަސް ނިމެންވާއިރަށް ބޭނުންކުރެވޭ ޑޮލަރު ރިޒާވު ހުސްވެދާނެ ކަމަށް އެމްއެމްއޭއިން ފިނޭންސް މިނިސްޓްރީގައި އިލްތިމާސްކުރުމުންނެވެ.

އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބޭނުންކުރެވޭ ރިޒާވުގައި ހުރީ 43 މިލިއަން ޑޮލަރެވެ. މިއީ މިހާރު ދައްކަން ހުރި ދަރަންޏާއި ޒަރޫރީ އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް މަހަކަށް ކުރެވޭ ވަރަށް ވުރެ ވެސް ދަށް އަދަދެކެވެ.

މިކަމާ ގުޅޭ ގޮތުން "އަދަދު" އާ ވާހަކަ ދެއްކި މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޑޮލަރު ނުލިބިއްޖެ ހާލަތެއްގައި ދެން ސަރުކާރަށް އޮންނާނެ ގޮތަކީ ސޮވްރިން ޑިވެލޮޕްމަންޓު ފަންޑުގައި ހުރި ޑޮލަރުތައް ބޭނުންކުރުން ކަމަށެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ސޮވްރިން ފަންޑުގައި 65 މިލިއަން ޑޮލަރު އެބަހުއްޓެވެ. މި މަހުގެ ތެރޭގައި ދައުލަތަށް ވަންނަން ޖެހޭ ޑޮލަރު އާމްދަނީ ލިބުމުން ވެސް މިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox