ބޭންކުތަކުގެ ބޯޑަށް ސިޔާސީ މުވައްޒަފުން ނަގާ މައްސަލަ މާލިއްޔަތު ކޮމިޓީން ނުބެލި

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީގެ މެންބަރުން --- ފޮޓޯ: މަޖިލިސް އިދާރާ

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. އެމްއެމްއޭއަށް ފަސް މެނޭޖިން ޑިރެކްޓަރުން އައްޔަނުކުރާތީ ކަންބޮޑުވުން ފާޅުކުރެއްވީ އެމްޑީޕީގެ މެންބަރުން --- ފޮޓޯ: މަޖިލިސް އިދާރާ

ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތައް ސަރުކާރުގައި އަދާ ކުރާ މީހުން ވެސް ބޭންކުތަކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިސްލާހުކުރުމާ ގުޅިގެން މަޖިލީހަށް ހުށަހެޅި މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން އެ މައްސަލަ ނުބަލައި ގަވާއިދު ކޮމިޓީއަށް ފޮނުވައިފި އެވެ.

ބޭންކުތަކާއި, އިންޝޫރެންސް ކުންފުނިތަކާއި މާލީ އިދާރާތަކުގެ ކޯޕަރޭޓް ގަވަނެންސް ގަވާއިދަށް ގެނައި އިސްލާހާ ގުޅޭގޮތުން މޯލްޑިވްސް ފައިނޭންޝިއަލް ސާވިސަސް އެސޯސިއޭޝަނުން ވަނީ ރައްޔިތުންގެ މަޖިލީހާ ކަންބޮޑުވުންތަކެއް ހިއްސާކޮށްފަ އެވެ.

އެ އެސޯސިއޭޝަނުން ފޮނުވި މައްސަލަ މަޖިލީހުގެ އިދާރާއިން ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. އެ މައްސަލައާ މެދު މަޝްވަރާ ކުރުމަށް ފެނިވަޑައިނުގަންނަވާ ކަމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް އެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

އެ ހުށަހެޅުމަށް ފަހު ކޮމިޓީގައި މާލިއްޔަތު ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރައްވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ހުށަހެޅުއްވީ އެ މައްސަލަ އެ ކޮމިޓީން ބެލުމަށެވެ.

"މިފަދަ ޕްރޮފެޝަނަލް އިންސްޓިޓިއުޝަންތައް ސިޔާސީ ކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން. ބަޔަކު ހުށަހަޅައިގެނެއް ނޫން މިކަން ބަލަން ޖެހެނީ. ކޮމިޓީން އިސް ނަގައިގެން ބަލަން ޖެހޭ ކަމެއްގެ ގޮތުގައި ދެކެނީ," އޭނާ ވިދާޅުވި އެވެ.

އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މުސާ ތާއިދު ކުރެއްވި އެވެ. އެމްއެމްއޭއަކީ ވަރަށް މިނިވަންކަމާއެކު ހިނގަން ޖެހޭ ތަނެއް ކަމަށާއި ހުރިހާ ތަނެއް ހިންގުމަށް ވެރިކަމަށް ފަހިވާ ގޮތަށް ބަދަލުތައް ގެންނަން ނުޖެހޭ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

"ފަސް އަހަރުވާ އިރަށް ބަދަލުވަނީ. މި ބަދަލުވަމުންދާ އޮއެވަރުގެ ތެރެއަށް ބޭންކުތަކާއި ސެންޓްރަލް ބޭންކު ވެއްދީމާ ކަމަކު ނުދާނެ. ކަންކަން ގޯސްވެގެންދާނީ. ސެންޓްރަލް ބޭންކަކީ ސީދާ މި ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި އިންނަ ތަނެއް. އެތަނަށް ބަދަލު ގެންނަ އިރު ވާ ނުވާ ވަރަށް ސާފުވާން ޖެހޭނެ," ކަންބޮޑުވުން ފާޅުކުރައްވައި ޣަފޫރު ވިދާޅުވި އެވެ.

ކޮމިޓީގެ މެންޑޭޓުގައި އެމްއެމްއޭ ހިމެނުނު ނަމަވެސް އެއީ ގަވާއިދަކަށް އައި ބަދަލަކަށް ވާތީ ބަލަން ޖެހޭނީ ގަވާއިދު ކޮމިޓީން ކަމަށް މުގައްރިރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

ޝަރީފްގެ ހުށަހެޅުމަށް ފަސް ވޯޓު ލިބުނުއިރު ޝަމްހީދުގެ ހުށަހެޅުމަށް ލިބުނީ ދެ ވޯޓެވެ. އެހެންވެ އެ މައްސަލަ ވަނީ ގަވާއިދު ކޮމިޓީއަށް ފޮނުވާފަ އެވެ.

ގަވާއިދަށް ގެނައި ބަދަލުތައް

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުގައި، ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

ނަމަވެސް އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު އެ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށެވެ.

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހުކޮށްފައި މި ވަނީ އެ އިދާރާގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަން ކުރެއްވުމާއެކު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.

އެމްއެމްއޭއަށް ގެންނަ އެންމެ ބޮޑު ބަދަލަކީ އެސިސްޓަންޓް ގަވަރުނަރުގެ މަގާމު އުވާލައި، މެނޭޖިން ޑިރެކްޓަރުންގެ މަގާމު އުފެއްދުމެވެ. އެމްއެމްއޭއިން ބުނީ އެ މަގާމަށް ފަސް މީހަކު އައްޔަން ކުރާނެ ކަމަށެވެ. މެނޭޖިން ޑިރެކްޓަރުންގެ ދައުރަކީ ފަސް އަހަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox