ފެން އުފެއްދާ ނިޒާމެއް ކަނޑުއަޑީގައި ބަހައްޓަން ދިރާސާއެއް ހަދަނީ

މީރުފެން އުފެއްދުމަށް ކަނޑުއަޑީގެ ނިޒާމެއް ގާއިމުކުރުމަށް ދިރާސާއެއް ހެދުމަށް ވަނީ މިއަދު ސޮއިކޮށްފަ--- ފޮޓޯ: އެމްޑަބްލިއުއެސްސީ

މީރުފެން އުފެއްދުމަށް ކަނޑުއަޑީގެ ނިޒާމެއް ގާއިމުކުރުމަށް ދިރާސާއެއް ހެދުމަށް ވަނީ މިއަދު ސޮއިކޮށްފަ--- ފޮޓޯ: އެމްޑަބްލިއުއެސްސީ

ފެން އުފައްދާ ޑިސެލިނޭޝަން ޕްލާންޓެއް ކަނޑު އަޑީގައި ބަހައްޓައިގެން ފެން އުފެއްދޭނެތޯ ބަލަން ދިރާސާއެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.

އެ ދިރާސާ ހަދަން ހަވާލު ކުރީ ނޯވޭގެ ކުންފުންޏެއް ކަމަށްވާ ފްލޯޝަންއާ އެވެ. ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރީ ފްލޯޝަން އެވެ.

އެ ކުންފުންޏަކީ ފެން އުފައްދާ ނިޒާމު ކަނޑު އަޑީގައި އިންސްޓޯލް ކޮށްދޭ ކުންފުންޏެވެ. ކަނޑު އަޑީގައި އެ ނިޒާމު ގާއިމް ކުރުމުން ފެން އުފެއްދުމަށް ބޭނުންވާ ހަކަތަ 50 ޕަސެންޓުން މަދުވެ އެވެ.

ރާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުންނާއި، ބިމުގެ ހަނިކަމާއި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ސާފު ފެން ލިބުމަށް ދަތިވެ އެވެ. މި ނިޒާމުގެ ތެރެއިން 500 މީޓަރު އަޑިން ގުދުރަތީ ކަނޑުގެ ޕްރެޝަރު ބޭނުންކޮށްގެން މީރުފެން އުފައްދައި، ދެމެހެއްޓެނިވި ހައްލުތަކެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ.

މި ދިރާސާއިން ރާއްޖެއަށް ފަންނީ، މާލީ އަދި ތިމާވެށީގެ ގޮތުން ކުރިއެރުން ލިބޭނެ ގޮތް ވަޒަންކުރެވޭނެ ކަމަށާއި އަދި އަމާޒަކީ ހަކަތަ ބޭނުންކުރާ މިންވަރު ކުޑަވުމާއި، ހަރަދު ކުޑަކުރުމާއި، ތިމާވެށްޓަށް ކުރާ އަސަރު ކުޑަކުރުން ކަމަށް ވެސް އެ އިދާރާއިން ބުނެ އެވެ.

ފްލޯޝަންއަކީ ކަނޑާ ރައްޓެހި ޑީސެލިނޭޝަން ސިސްޓަމް މެދުވެރިކޮށް ތަފާތު ދާއިރާތަކަށް ދެމެހެއްޓެނިވި ތާޒާ ފެނުގެ މައްސަލަތަކަށް ހައްލު ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. ދަނޑުވެރިކަމަށް ބޭނުންވާ ފެނުން ފެށިގެން، އިތުބާރު ހުރި ފެނުގެ މަސްދަރުތައް ބޭނުންވާ ފެކްޓްރީތަކާއި ސިނާއަތްތަކާއި، އެމީހުންގެ ގައުމުތަކަށް ފެން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ބައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox