ރައީސް އަންގަވައިގެން ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ފަށައިފި

Aug 17, 2024, 4:42 PM
މ. ރަބީއުވިލާ: އެ އިމާރާތް ތަޅާލަން އެންގީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: އެކްސް

މ. ރަބީއުވިލާ: އެ އިމާރާތް ތަޅާލަން އެންގީ އާންމުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ސަރުކާރުން ބުނޭ -- ފޮޓޯ: އެކްސް

މަސްތުވާތަކެތީގެ އައްޑާއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ފަޅު ގެ، މ. ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް، ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ފަށައިފި އެވެ.

ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެ ގޮތަށް ރައީސް މުއިއްޒު ނިންމެވީ އެ އިމާރާތުގެ ސަބަބުން މީހަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގެން ކަމަށެވެ.

މީގެ ކުރިން އެ އިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެފަ އެވެ. އެއިރު ވެސް އެ ގޭގައި މީހަކު ނުއުޅެ އެވެ.

Advertisement

ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން އެ ގެ ތަޅާލުމުގެ މަސައްކަތް ކުރަމުން ދަނީ ލޯކަލް ގަވަނަންސް މިނިސްޓްރީން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މާލޭގައި ހުންނަ ފަޅުގެތަކުގައި މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަދަ ގާނޫނާ ހިލާފު ކަންކަން ހިންގާ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑެވެ. ފަސް ފަންގިފިލާގެ ރަބީއުވިލާއަކީ ވެސް އެފަދަ އެއް އައްޑާ އެވެ.

މިދިޔަ އޭޕްރީލް މަހު އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައި ރޯވެ މީހުން ހުސްކުރި ފަހުން އެ ތަނުގައި އެފަދަ އަމަލުތައް ހިންގާ ކަމުގެ ވާހަކަތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދެކެވުނެވެ. މިދިޔަ މެއި މަހު މަރުވެ ކުނިވެފައިވާ ހަށިގަނޑެއް ވެސް އެ ގެއިން ފެނުނެވެ. އޭނާ މަރުވީ މަސްތުވާތަކެއްޗަށް އޯވަޑޯސްވެގެން ކަމަށް ބެލެވެ އެވެ.

ރަބީއުވިލާއަކީ ބާވެ އާންމުނަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވޭތީ 2019 ވަނަ އަހަރު އާންމު ކުރި ލިސްޓުގައި ހިމެނޭ 11 އިމާރާތުގެ ތެރޭގައި ވެސް ހިމެނޭ ތަނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox