ޒިފްލީނާ ފްލެޓު ގަތް މައްސަލައިގެ ތަހުގީގު އޭސީސީން ނިންމާލީ އޭނައާ ސުވާލުނުކޮށް

ޖެންޑާގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހުސެއިން: އޭނާއަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖެންޑާގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހުސެއިން: އޭނާއަކީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އަނބިކަނބަލުން -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ކުރީގެ ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހުސެއިން ލަގްޒަރީ ފްލެޓެއް ބައްލަވައިގަތް މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އޭނާއާ އެއްވެސް މުއާމަލާތެއް ނުކުރާ ކަމަށް ޒިފްލީނާ ވިދާޅުވެއްޖެ އެވެ.

ޒިފްލީނާގެ ލަގްޒަރީ ފްލެޓުގެ މައްސަލަ އޭސީސީން ބަލަން ފެށީ، އާންމުންގެ މީހަކު މި މައްސަލަ ފުލުހަށް ހުށަހެޅުމުން، ފުލުހުންގެ އިދާރާއިން އޭސީސީއަށް މައްސަލަ ފޮނުވުމުންނެވެ.

ހުސްވި ހަފުތާގެ ތެރޭގައި އޭސީސީން ވަނީ މި މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީީ) އޮފީހަށް ފޮނުވާފަ އެވެ. މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް އެ ކޮމިޝަނުން މީޑިއާތަކާ ހިއްސާނުކުރެ އެވެ.

މިކަމާ ގުޅޭ ގޮތުން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ޒިފްލީނާ ވިދާޅުވީ އޭސީސީން މިހާތަނަށް އޭނާ އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ. އަދި މައްސަލައާ ގުޅޭ ގޮތުން މިހާތަނަށް އެނގޭ މައުލޫމާތެއް އެނގެނީ މީޑިއާގައި ހުރި ހަބަރުތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ސުވާލެއް ނުކުރޭ. މިހާތަނަށް އެއްވެސް މުއާމަލާތެއް ނުކުރޭ" ޒިފްލީނާ ވިދާޅުވި އެވެ.

ޒިފްލީނާއަށް ކުރެވޭ ތުހުމާތާ ގުޅިގެން ސުވާލުކުރުމުން އޭނާ ވިދާޅުވީ އޭސީސީން އޭނާއާ އެއްވެސް ސުވާލެއް ނުކުރާތީ ވަކި އެއްޗެއް ބުނަން ނެތް ކަމަށެވެ. ނަމަވެސް މިއީ "ޒާތީ މައްސަލައެއް" ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކަމަށް ވެސް ޒިފްލީނާ ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވީ ނުވި ނަމަވެސް ޒިފްލީނާ ވަނީ އޭނާއަކީ ފްލެޓު ނުގަނެވޭ ވަރުގެ މީހެއް ނޫން ކަން އޭނާ ދަންނަ އެންމެނަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއަކީ ފުރާވަރު އުމުރުން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަ މީހެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑަކީ ފްލެޓެއް ނުގަނެވޭ ވަރުގެ މީހެއް ނޫން. އުމުރުން 16 އަހަރުން ފެށިގެން ވަޒީފާ އަދާކުރަމުން އަންނަ މީހެއް އަޅުގަނޑަކީ. އިހަށް ދުވަހު ސްކޫލް ނިންމި ކުދިން ވެސް ފްލެޓު ގަނެފައި އެބަހުއްޓެއް ނޫންތޯ؟" އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ފެންމަތިވީ ފައިސާ ދެއްކުމުން ފުލެޓުގެ މިލްކުވެރިކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޒިފްލީނާގެ ނަން މައްޗަށް ބަދަލުކުރަން ސިވިލް ކޯޓުން ކުރި ހުކުމާ ގުޅިގެންނެވެ. އެއާއެކު މި ސަރުކާރާ ގުޅުން އޮތް މީހުންނާއި އާންމުން ދިޔައީ މި މައްސަލަ ބަލަން ގޮވާލަމުންނެވެ.

ސިވިލް ކޯޓުގެ ހުކުމުން އެނގޭ ގޮތުން ޒިފްލީނާ ފްލެޓު ބައްލަވައިގަތީ، ހުޅުމާލޭގައި ހުންނަ އެފްޑަބްލިއު ރެސިޑެންސްއިން 3.5 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox