ވަޔާއި ކަނޑު ވަރަށް ގަދަ، ބްރިޖުން ދަތުރުކުރާއިރު ސަމާލުވާތި!

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބްރިޖު". -- ފޮޓޯ: އަދަދު

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބްރިޖު". -- ފޮޓޯ: އަދަދު

މިއަދު ބޯކޮށް ވާރޭ ނުވެހޭނެ ކަމަށާއި ނަމަވެސް ވަޔާއި ކަނޑު ވަރަށް ގަދަވާނެ ކަމަށް، މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ.

އެ އިދާރާއިން ބުނީ މާލޭ ސަރަހައްދަށް އަދި މުޅި ރާއްޖެ އަށް ވެސް ވާރޭ ވެހޭނެ ކަމަށާއި ނަމަވެސް ބޯކޮށް، ގިނަ އިރުވަންދެން ވާރޭވެހުން ހިފެހެއްޓިފައި ނުހުންނާނެ ކަމަށެވެ. އެއީ ވައި ބާރުވުމާއެކު، ވިއްސާރަ ވިލާގަނޑު ކަހައިލާނެތީ އެވެ.

މާލޭ ސަރަހައްދުގައި ވައިގެ ބާރުމިން 25 މޭލުގައި ހިފެހެއްޓިފައި ހުންނާނެ ކަމަށާއި ވިލާގަނޑުގައި 45 މެލާއި 50 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު އޮފީސް) އިން ބުންޏެވެ.

"މިއަދު ވާނެ ވައިގަދަ އެއް ދުވަހަށް. ހުރިހާ ހިސާބަކަށް ވެސް ވައިގަދަ. އުތުރާއި މެދުރާއްޖެތެރެއަށް ވަރަށް ބޮޑަށް ގަދަ. އަދި މުޅި ރާއްޖެ އަށް ވެސް ވައިގަދަ ދުވަހަކަށް ވާނެ،"މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވި އެވެ

"ވައި ވަރަށް ގަދަ ދުވަހެއް ވީމަ ބްރިޖު ހުރަސް ކުރާއިރު ސަމާލުކަން ދޭންވާނެ. މާލޭ ސަރަހައްދުގައި ވައި އެބަ ހިފަހައްޓާ 25 މޭލުގައި. އެހެންވީމަ ސައިކަލްތަކުގައި ބުރިޖު ހުރަސް ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ."

މިދިޔަ އަންގާރަ ދުވަހު މާލޭ ސަރަހައްދުގެ ބޯކޮށް ވާރޭވެހި، ކަނޑު ގަދަވެފައި ވަނިކޮށް ކިރު ދޫންޏެއް އުދިހިފައި ދަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު
މިދިޔަ އަންގާރަ ދުވަހު މާލޭ ސަރަހައްދުގެ ބޯކޮށް ވާރޭވެހި، ކަނޑު ގަދަވެފައި ވަނިކޮށް ކިރު ދޫންޏެއް އުދިހިފައި ދަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

މިދިޔަ އަންގާރަ ދުވަހު މާލޭ ސަރަހައްދުގެ ބޯކޮށް ވާރޭވެހި، ކަނޑު ގަދަވެފައި ވަނިކޮށް ކިރު ދޫންޏެއް އުދިހިފައި ދަނީ -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު

އުދައެރުމުގެ ފުރުސަތު

މެޓު އޮފީހުން ބުނި ގޮތުގައި މިއަދަކީ ކަނޑުގެ ބާނިތައް ބޮޑު ދުވަހެކެވެ. ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 5-7 ފޫޓުގައި ހުރިއިރު، މެދުރާއްޖެތެރެ އާއި އުތުރުގައި ހުރީ 7-9 ފޫޓުގަ އެވެ. މިއަދު ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ބެލެވެނީ ހެނދުނު 10:00 އެވެ.

ބައެއް ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ސަބަބަކީ، ކަނޑު ވަރަށް ބޮޑަށް ގަދަވެ، ރާޅުތައް އުސްވެފައި ހުރުމުން ކަމަށް ހުސައިން ވަހީދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox