ޓާސްކްފޯސް އުފެއްދީ ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވައި

ރޭ އެކުލަވާލި ޓާސްކް ފޯހުގެ ބައްދަލުވުމުގެ ތެރެއިން: މި ޓާސްކް ފޯސް އެކުލަވާލީ ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވާ --- ފޮޓޯ: ރައީސް އޮފީސް

ރޭ އެކުލަވާލި ޓާސްކް ފޯހުގެ ބައްދަލުވުމުގެ ތެރެއިން: މި ޓާސްކް ފޯސް އެކުލަވާލީ ރައީސް ޗެއާކުރައްވާ ޑިޒާސްޓާ މެނޭޖްމެންޓު ކައުންސިލެއް އޮއްވާ --- ފޮޓޯ: ރައީސް އޮފީސް

އިއްޔެ ރާއްޖެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް އުފެއްދެވީ އެފަދަ ހާލަތްތައް މެނޭޖުކުރުމަށް ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލެއް އޮއްވާކަން އެނގިއްޖެ އެވެ.

ވިއްސާރާއާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓާކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކަމަށް ބުނެ ރައީސް ޓާސްކްފޯހެއް އުފެއްދެވީ ރޭގަ އެވެ. ޓާސްކް ފޯހުގައި ހިމެނެނީ ފަސް ވަޒީރަކާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ އިތުރުން ސިފައިންގެ ޗީފު އަދި ކޮމިޝަނާ އޮފް ޕޮލިސް އެވެ.

މިކަން އިއުލާނުކޮށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓާއެކު ބައެއް މީހުން ވަނީ، ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލްގެ ވާހަކަ ފެންމަތިކޮށްފަ އެވެ.

މި ކައުންސިލަކީ ސެޕްޓެމްބަރު، 2015، ގައި ތަސްދީގުކުރި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ކައުންސިލެކެވެ. ޗެއާ ކުރައްވަނީ އޭރަކު ހުންނަވާ ރައީސުލްޖުމްހުރިއްޔާ އެވެ. މެންބަރުންގެ ގޮތުގައި ޑިފެންސް، ހޯމް، ފޮރިން، ފިނޭންސް، ހެލްތު، ހައުސިން، ކޮންސްޓްރަކްޝަން އަދި ތިމާވެއްޓާ ބެހޭ މިނިސްޓަރުގެ އިތުރުން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ އެވެ.

ރޭ އެކުލަވާލި ޓާސްކް ފޯހުގައި އެންޑީއެމްއޭގެ އެއްވެސް އޮފިޝަލަކު ނެތެވެ. މޫސުން ގޯސްވެ ދިމާވި މި ހާލަތާ ގުޅޭ ގޮތުން އުފެއްދެވި ޓާސްކް ފޯހުގައި މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ގެ އެއްވެސް މީހަކުވެސް ނެތެވެ.

ގާނޫނަކު ލާޒިމުކޮށް އުފައްދާފައިވަ ޑިޒާސްޓާ މެނޭޖްމަންޓު ކައުންސިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ވެސް ޓާސްކު ފޯހަކަށްވުރެ ވެސް ބޮޑެވެ. އެކަންކަން ތަސްދީގުކުރި ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގެ ހަތަރުވަނަ ބާބުގެ އެއްވަނަ ބައިގައި ބަޔާންކޮށްފައިވެ އެވެ.

titledesc

ރައީސްގެ ނިންމެވުމާއެކު، ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ ވެސް ވަނީ ސުވާލުތަކެއް އުފައްދަވާފަ އެވެ. އެގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި މަސައްކަތްތައް ކުރުމަށް ގާނޫނުން މަތިކޮށްފައިވަނީ އެންޑީއެމްއޭ އާ ކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި އަމަލުކުރާނެ ގާނޫނެއް އޮތް އިރު ޓާސްކް ފޯހެއެއް އެކުލަވާލެއްވި ބޭނުމާމެދުވެސް ޝައުނާ ސުވާލު އުފެއްދވި އެވެ.

ޝައުނާގެ އިތުރުން، އެމްޑީޕީ ސަރުކާރުގައި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީކަން ކުރެއްވި އަހުމަދު ހަމްދާން މިކަމާ ގުޅިގެން ރޭ ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ، ގާނޫނުން ރައީސް ޗެއާ ކުރައްވާ ގޮތަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ކައުންސިލްއެއް އެކުލަވާލާފައި އޮންނާނެ ކަމެވެ.

"މި ފަދަ ހާލަތްތަކުގައި ކައުންސިލް ޙަރަކާތްތެރިކޮށް ކާރިސާގެ ކަންކަން ވިލަރެސްކުރުމުން މިފަދަ ކަންކަން އިންސްޓްޓިއުޝަނަލައިޒް ވާނެ،" ހަމްދާން ލިޔުއްވާފައިވެ އެވެ.

ރޭ އެކުލަވާލި ޓާސްކް ފޯހުގައި އެންޑީއެމްއޭގެ ބޭފުޅަކު ނެތް ސަބަބާއި ކައުންސިލް އޮއްވައި ޓާސްކް ފޯސް އެކުލަވާލި ސަބަބު ސާފުކުރުމަށް މި ނޫހުން ވާނީ ރައީސް އޮފީހުގައި އެދިފަ އެވެ. އެކަމާ ގުޅިގެން އެ އޮފީހުން މިހާތަނަށް ސާފު ޖަވާބެއް ނުދެ އެވެ.

އިތުރަށް ކިޔާލަން

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox