ވައިގަދަވުމުގެ ސަބަބުން މާލޭ ސަރަހައްދު ޔެލޯ އެލާޓުގައި، ބޯކޮށް ވާރޭ ނުވެހޭނެ!

މާލެއަށް މިއަދު އިރު އަރަނީ. މޫސުން ލަފާކުރާ ގޮތުން މިއަދު ބޯކޮށް ވާރޭ ނުވެހޭނެ، ނަމަވެސް ވައިގަދަ. -- ފޮޓޯ: އަދަދު

މާލެއަށް މިއަދު އިރު އަރަނީ. މޫސުން ލަފާކުރާ ގޮތުން މިއަދު ބޯކޮށް ވާރޭ ނުވެހޭނެ، ނަމަވެސް ވައިގަދަ. -- ފޮޓޯ: އަދަދު

މާލޭ ސަރަހައްދަށް އިއްޔެ ބޯކޮށް ވާރޭ ވެހުނު ނަމަވެސް މިއަދު އެވަރަށް ވާރޭ ނުވެހޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ބުނެފި އެވެ.

ވިއްސާރަ ވިލާގެ ބަނަކަން ފިލައި، މިއަދު މާލެއަށް އިރުގެ އަލިކަން ވަނީ ލިބެން ފަށައިފަ އެވެ. ނަމަވެސް މާލޭ ސަރަހައްދަށް ވަރަށް ވައިގަދަ އެވެ. އަދި ކަނޑުވެސް ގަދަ އެވެ.

"ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު އިއްޔެ ވީ ކަހަލަ ވިއްސާރައެއް [މާލެއަށް] ނުވާނެ. ކޮންމެވެސް ވަރަކަށް ވިއްސާރަ ވެހޭނެ، ބަނަކޮށް އުޅެނީ ވެސް، ނަމަވެސް އިއްޔެ ވީ ވަރެއް ނުވާނެ،" އެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މެޓު އޮފީހުން ބުނީ މާލޭ ސަރަހައްދަށް ރީނދޫ އެލާޓު ނެރެފައިވަނީ ވައި ބާރުވުމުގެ ސަބަބުން ކަމަށެވެ.

މިއަދު ހެނދުނު 6:00 އިން ފެށިގެން 10:00 އާ ހަމައަށް ރީނދޫ އެލާޓު ނެރެފައި ވަނީ ހއ. އިން ފެށިގެން އދ. އަތޮޅުގެ ނިޔަލަށެވެ. އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި 50 މޭލަށް ވައިގަދަ ވާނެކަމަށް އަދި ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ލަފާކުރެ އެވެ.

އެހެން ސަރަހައްދުތަކަށް ވެސް ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި އަދި ކޮޅިގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ ދ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް ކަމަށް މެޓު އޮފީހުން ބުންޏެވެ.

މާލެ އަށް އިއްޔެ ބޯކޮށް ވާރޭވި، އަދި މިއަދު ވެސް ބޯކޮށް ވާރޭ ވެހިދާނެ ކަމަށް ލަފާކުރެވިފައި އޮތުމުން، ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ 252 ގެއެއްގައި ފެން ބޮޑުވެފައިވާ ކަމަށާއި 20 ރަށަކުން އެކިވަރުގެ ގެއްލުންވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox