ސަރުކާރުގެ އޮފީސްތައް މިއަދު ބަންދު ވިޔަސް ބީއެމްްއެލް ހުޅުވާނެ އެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް، އާންމު އުސޫލުން ހުޅުވާފައި ހުންނަ ވަގުތުތަކުގައި މިއަދުވެސް ހިދުމަތް ލިބޭނެ ކަމަށެވެ.
އެހެން ބޭންކުތަކުން ވެސް މިއަދު ހިދުމަތް ދެ އެވެ.
މިއަދު ސަރުކާރު އޮފީސްތައް ބަންދު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ނިންމެވީ ރާއްޖޭގެ ވަރަށް ގިނަ ރަށްތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން، ކިޔަވާ ކުދީންނާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތުރުފަތުރުކުރުމާ ހިނގާބިނގާވާން ދަތިވާނެތީ އެވެ.
"މިހާރު ކުރަމުންދާ ވިއްސާރައިގާ ގޯތިގެދޮރަށާއި އާއިލާތަކަށް ލިބޭ ގެއްލުން ކުޑަކޮށްދިނުމަށާ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ރޭގަނޑާއި ދުވާލު މަސައްކަތް ކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފަ،"ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވި އެވެ.














