މިރެއާ ހަމައަށް ވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މާލެ ސަރަހައްދަށް އޮރެންޖު އިންޒާރު ނެރެފި

މިރެއާ ހަމައަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މާލެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފި --- ފޮޓޯ: އަދަދު

މިރެއާ ހަމައަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މާލެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފި --- ފޮޓޯ: އަދަދު

މިއަދު ހެނދުނުން ފެށިގެން މެދުނުކެނޑި ވާރޭވެހެމުންދާއިރު، މިރެއާ ހަމައަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މާލެ ސަރަހައްދަށް އޮރެންޖު އެލާޓު ނެރެފި އެވެ.

މިވަގުތުން ފެށިގެން އިރުއޮއްސި 6:15 އާ ހަމައަށް އޮރެންޖު އިންޒާރު ނެރުނީ މާލެ އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ. އެ އިންޒާރުގައި މެޓުން ވަނީ މި ސަރަހައްދުތަކަށް ވާރޭވެހޭއިރު ގުގުރާ، ފެންބޮޑުވާނެ ކަމަށްވެސް ލަފާކޮށްފަ އެވެ.

މިއަދު މެންދުރު މާލެއަށް ވެހެން ފެށި ވާރޭ އަދިވެސް މެދުކެނޑިފައި ނުވާއިރު މާލޭގެ މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތިވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.

"ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައި. އެހެންކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރަން," ފުލުހުން އެކްސްގައި ބުނެފައިވެ އެވެ.

މިއަދު މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވެފަ --- ފޮޓޯ: އަދަދު
މިއަދު މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވެފަ --- ފޮޓޯ: އަދަދު

މިއަދު މާލޭގެ މަޖީދީ މަގުގައި ފެންބޮޑުވެފަ --- ފޮޓޯ: އަދަދު

އެމްއެންޑީއެފުން ބުނީ މާލޭގައި ފެންބޮޑުވެ، ތިން ސަރަހައްދެއްގައި ފެން ހިންދުމަށް ޕަމްޕު ޖައްސައިގެން ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ ވެސްޓު ޕާކު ސަރަހައްދާއި އައިޖީއެމްއެޗް ސަރަަހައްދުގެ އިތުރުން މަޖީދީމަގުގެ އިރުމަތީ ސަރަހައްދެވެ.

މާލޭގައި އާންމުކޮށް ފެންބޮޑުވަނީ މާފަންނު ކޮޅުގަ އެވެ. ނަމަވެސް މިއަދު އާދަޔާ ހިލާފަށް ވާރާވެހި މުޅި މާލޭގައިހެން ވަނީ ފެންބޮޑުވެފަ އެވެ.

ފުލުހުން ބުނީ ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށާއި ފުލުހުން ދަނީ މަގުތަކުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox