ނުވަ ރަށެއްގައި ފެން ބޮޑުވި، ގެދޮރު ދޫކޮށް އާއިލާއެއް ބަދަލުވާން ޖެހޭ ވަރެއް ނުވޭ

ނުވަ ރަށެއްގައި ފެން ބޮޑުވި، ގެދޮރު ދޫކޮށް އާއިލާއެއް ބަދަލުވާން ޖެހޭ ވަރެއް ނުވޭ

އިއްޔެއިން ފެށިގެން ރާއްޖޭގެ ހުރިހާ ދިމާއަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ހަވީރު ހައެއް ޖަހަން ދެން ފެންބޮޑުވެގެން ރިޕޯޓުކޮށްފައި ވަނީ ނުވަ ރަށަކުން ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

އެންޑީއެމްއޭގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ ވައި ގަދަ ވެގެންނާއި ފެން ބޮޑުވެގެން ނުވަ ރަށަކުން ރިޕޯޓްކޮށްފައިވާއިރު އެއިން އެއްވެސް ރަށަކުން އެއްވެސް އާއިލާއެއް ބަދަލު ކުރަން ޖެހޭ ފަދަ ހާލަތެއް އަދި ނެތް ކަމަށެވެ.

ފެން ބޮޑުވި ކަމަށް ރިޕޯޓްކުރި ރަށްރަށަކީ އައްޑޫ ސިޓީގެ މަރަދޫއާއި ފޭދޫއާއި ހިތަދޫ، ގއ. އަތޮޅު ދެއްވަދޫ، ޅ. އަތޮޅު ނައިފަރާއި ޅ.ކުރެންދޫ، ހދ. އަތޮޅު ކުޅުދުއްފުށި ސިޓީއާއި، ހއ. އަތޮޅު ބާރަށާއި އެ އަތޮޅު ދިއްދޫ އެވެ.

އިއްޔެއިން ފެށިގެން ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި މިއަދު އެއްކޮށްހެން މުޅި ރާއްޖެއަށް އޮތީ ހުދު ސަމާލު ނެރެފަ އެވެ. އަދި މިއަދު ފަތިހު ވަނީ ހއ. އިން ފެށިގެން ގދ. އަތޮޅަށް ރީނދޫ އެލާޓު ނެރެފަ އެވެ. ރީނދޫ އެލާޓު ނެރެފައި ވަނީ ހެނދުނު 9:00 އާ ހަމައަށެވެ.

އޯގަސްޓު 9 ވަނަ ދުވަހު މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން ވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އިލްތިމާސްކޮށްފަ އެވެ.

މެޓް އޮފީހުގެ އިލްތިމާސްއާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ރައްކާތެރިކަމުގެ އިރުޝާދު ކަރުދާހެއް އާންމު ކޮށްފަ އެވެ. އެ ކަރުދާހުގައި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ވެސް ހިމަނައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox