މޯދީއަށް ފުރައްސާރަ ކޮށްގެން ސަސްޕެންޑު ކޮށްފައި ހުރި ޝިއުނާ ނަގައިދިނީ ހާރިޖީ ސިޔާސަތު އޮންނަންޖެހޭ ގޮތުގެ ފިލާވަޅެއް

މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރި ޝިއުނާ އަދިވެސް ހުރީ މުސާރަ ލިބޭ ގޮތަށް ގޭގައި -- ފޮޓޯ: އަދަދު

މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކުރި ޝިއުނާ އަދިވެސް ހުރީ މުސާރަ ލިބޭ ގޮތަށް ގޭގައި -- ފޮޓޯ: އަދަދު

އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑު ކޮށްފައި ހުރި ޔޫތު މިނިސްޓަރީގެ ނައިބު ވަޒީރު، މަރިޔަމް ޝިއުނާ ހާރިޖީ ސިޔާސަތު އޮންނަންޖެހޭ ގޮތުގެ "ފިލާވަޅެއް" ސޯޝަލް މީޑިއާގައި ނަގައިދީފި އެވެ.

އެކްސްގައި ޝިއުނާ ކުރި ޕޯސްޓެއްގައި ބުނީ ފެންނަނީ "އެމްޑީޕީ އައި އިދިކޮޅު ފަރާތްތަކުން މިއަދު ނުކުމެ އަވައްޓެރި ގައުމަކާ މި ގައުމު ޖައްސަން އުޅޭ މަންޒަރު" ކަމަށާއި ރާއްޖޭގެ "ހާރިޖީ ސިޔާސަތު އޮންނަންޖެހޭ ގޮތަކީ" އެއީ ނޫން ކަމަށެވެ.

ޝިއުނާ އެހެން ވިދާޅުވިއިރު، ރާއްޖެއާ އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން ގޯސްވެ ހީނަރުވެގެންދިޔައީ މިއަހަރު ކުރީކޮޅު ޝިއުނާގެ އިތުރުން ޔޫތު މިނިސްޓަރީގެ ނައިބު ވަޒީރުންގެ ގޮތުގައި ތިބި މަލްޝާ ޝަރީފާއި މަހުޒޫމް މާޖިދު މޯދީއަށް ފުރައްސާރަކޮށް މަލާމާތް ކުރި ފަހުންނެވެ.

Advertisement

އެ މައްސަލަ ހޫނުވެ އިންޑިއާގެ މަޝްހޫރު ފިލްމީތަރިންނާއި އިންޑިއާގެ ސޯޝަލްމީޑިއާ އެކްޓިވިސްޓުން ރާއްޖެއާ ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ނަތީޖާއެއްގެ ގޮތުން މުއްދަތެއް ނެތް ގޮތަށް ޝިއުނާ އާއި މަލްޝާ އަދި މަހުޒޫމް ސަސްޕެންޑު ކުރި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިންތިހާއަށް ގޯސްވެ ރާއްޖެއަށް އެގައުމުން އަންނަ ފަތުރުވެރިންގެ އަދަދު ބޮޑު ތަނުން މިހާރު ވަނީ ދަށްވެފަ އެވެ. އިންޑިއައާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަން ފެށީ ރާއްޖޭގެ އިގުތިސާދު ދަށަށް ގޮސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ހާރިޖީ ސިޔާސަތު ބައްޓަން ކުރަންޖެހޭ ގޮތުގެ ފިލާވަޅު ނަގައިދެމުން ޝިއުނާ އިތުރަށް ބުނީ "މިގައުމުގެ މިނިވަންކަމާ ސިޔާދަތީ ރަތް ރޮނގު ހުރަސްކުރުމުގެ ޖާގަ ނުދީ ހުރިހާ ގައުމަކާ ވެސް ގުޅުން ބަދަހި ވާންޖެހޭ" ކަމަށާއި "މިއީ މި ސަރުކާރާއި ކުރީ ސަރުކާރުތަކާ ހުރި ތަފާތު" ކަމަށެވެ.

ޝިއުނާގެ އެ ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ. ފާޑުކީ ގިނަ މީހުން ބުނެފައި ވަނީ ވަކި ގައުމަކާ ޖެހިގަނެގެން އުޅުނީ ޝިއުނާމެން ކަމަށާއި މިއަދު ރާގު ބަދަލު ކުރަން ލަދުވެސް ގަންނަންޖެހޭ ކަމަށެވެ.

"މި މަންޖެ މިއުޅެނީ އަހަރުމެން އަނގައިން ނުބައި އެއްޗެހި ކިޔުއްވަންތަ؟ ކަމަނާ ސަސްޕެންޝަނުގައި ތިހުރީ ކީއްވެތޯ ހަނދާން ކޮށްލަބަލަ؟" ޝިއުނާގެ ޕޯސްޓު ރިޕޯޓުކޮށް މީހަކު ލިޔެފައިވެ އެވެ.

އޭގެ އިތުރުން ވެސް ޝިއުނާ ގޮވަނީ "ގުދޯ ގުދޯ" ކަމަށް ބުނެ ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ.

މިއަދާ ހަމައަށް ވެސް އެ ތިން ނައިބުން ސަސްޕެންޝަނުގައި ތިބިއިރު، މުސާރަ އާއި އިނާޔަތުގެ ގޮތުގައި އެއިން ކޮންމެ ނައިބު ވަޒީރަކަށް 220،500ރ. ދީފައިވެ އެވެ. އެއީ ތިން ނައިބު މިނިސްޓަރުންނަށް އެކު ޖުމުލަ 661،500ރ. އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox