ހުލާސާކޮށް އިއްޔެ: ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުއާ އިއްޔެ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތަށް ގެނައި ބަދަލަށް މަރުހަބާ ކިޔައި، ކުރިން އޮޅުވާލި އޮޅުވާލުމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ގޮވައިލެއްވި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލު ކުރެއްވުމަށް ފަހު "އަދަދު" އަށް ޝާހިދު ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގި ފިތުނަވެރި ކެމްޕެއިނެއް ކަމަށާއި ނަމަވެސް ސަރުކާރުގެ ސިޔާސަތު ބަދަލުކުރައްވާ އިންޑިއާއާއެކު އޮތް ގުޅުން ބަދަހި ކުރައްވަން މަސައްކަތް ކުރައްވާތީ މަރުހަބާ ކިޔާ ކަމަށެވެ.

"އެމްޑީޕީން ގަބޫލުކުރާ ގޮތުގައި އިންޑިއާ އައުޓް ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅުވާލުމަށް ހިންގުނު ހަގީގަތާ ހިލާފު ފިތުނަވެރި ކެމްޕެއިނެއް. އެކަމަކު ނުވަ މަސް ދުވަސްވީއިރު އެކަން ސަރުކާރުން ގަބޫލުފުޅު ކުރައްވައި އަލުން އިންޑިއާއާއެކު ގުޅުން ބަދަހިކުރަން ފެއްޓެވި ކަމީ އެމްޑީޕީން މަރުހަބާ ކިޔާ ކަމެއް،" ޝާހިދު ވިދާޅުވި އެވެ.

Advertisement

ނަމަވެސް ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުމަށާއި ހެއްދެވި ބޮޑެތި ދޮގުތަކަށް ސަރުކާރުން ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އެމްޑީޕީން ގޮވާލާ ކަމަށެވެ.

ޖައިޝަންކަރުއާ އެމްޑީޕީގެ ފަރާތުން ބައްދަލުކުރެއްވީ ޝާހިދުގެ އިތުރުން އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އާއި ނައިބު ރައީސް ހިސާން ހުސެއިން އާއި ޔޫތު ވިންގްގެ ރައީސް ރިފްގާ ޝިހާމް އާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާ އާމިނަތު ޝައުނާ އާއި ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގު އަދި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން ޝަހީމް އެވެ.

ބައްދަލުކުރެއްވުމާ ގުޅިގެން އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ވަނީ އިންޑިއާއިން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގައި ފެށި މަޝްރޫއުތަކުގެ ނިންމުން ފާހަގަކުރުމުން ވަނީ މަރުހަބާ ކިޔާފަ އެވެ.

މީގެ އިތުރުން މި ސަރުކާރުން އިންޑިއާއާ ޖެހިގަތް ޖެހިގަތުމުން ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކޮށް އެމްޑީޕީން ބުނީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާ ގޮތުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމަށާއި އިންޑިއާއާމެދު ނަފުރަތު އުފައްދަން ހިންގި ކެމްޕޭނަށް ފަހު، އަދި ވެރިކަން ލިބުމަށް ފަހު ވެސް އިންޑިއާ އަށް ރައްދުކުރަމުން ދިޔަ އިހާނެތި ބަސްތަކަށް ފަހު، އެންމެ ފަހުން ރައީސް މުއިއްޒުގެ ޝުކުރު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox