މާލެ ސިޓީ ކައުންސިލުން ކޮޅުވެށްޓިއަކަށް ޑިއުޓީ ނުދައްކައި 9 އަހަރު، ފައިސާ ދައްކަން ސިވިލްކޯޓުން ހުކުމްކޮށްފި

ކޮޅުވެއްޓިއެއް --- ފޮޓޯ:އިންޓަނެޓް

ކޮޅުވެއްޓިއެއް --- ފޮޓޯ:އިންޓަނެޓް

މާލެ ސިޓީ ކައުންސިލުން 2015 ގައި ގެނައި ކޮޅުވެއްޓި "އުފުލި 5" ގެ ޑިއުޓީ ނުދައްކައިގެން ކަސްޓަމްސް އިން އާދޭސް ކުރާތާ ނުވަ އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖެނުއަރީ 20، 2021ގައި ސިވިލް ކޯޓަށް ކަސްޓަމްސް އިން މި މައްސަލަ ހުށައެޅީ ޑިއުޓީ ދެއްކުމަށްޓަކައި އެތައްފަހަރަކު ސިޓީގެ ޒަރިއްޔާއިން ސިޓީ ކައުންސިލަަށް އެންގުމަށްފަހު ވެސް އެ ފައިސާ ނުދެއްކުމުންނެވެ.

ކަސްޓަމްސްގެ ދައުވާތަކަށް ސިޓީ ކައުންސިލުން ވަނީ އިންކާރުކޮށްފަ އެވެ. އަދި ބުނެފައިވަނީ "އުފުލި 5" އެ ފަރާތަށް ވިއްކީ އޮޅުވާލައިގެން ކަމަށާއި، މި މުއާމަލާތު ތެރޭގައި ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ހިމެނޭތީ، އެ އުޅަނދާއި ހަވާލުނުވުމަށް އޭސީސީ އިން އަންގާފައިވާތީ ހަވާލުވެފައި ނުވާނެކަމަށެވެ. އަދި މި ޑިއުޓީ ދެއްކުމަކީ މައުސޫމު ފަރާތްތަކަށް ނުހައްގުން ކުށެއްގެ އަދަަބު ދިނުން ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"އުފުލި 5" ކިޔާ އުޅަނދަށް ސިޓީ ކައުންސިލްގެ ނަމުގައި ގުޑްސް ޑިކްލެރޭޝަން ފޯމެއް ތައްޔާރުކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެ އެވެ. މި އުޅަނދު ރާއްޖެއަށް އެތެރެކޮށްފައިވަނީ ސިޓީ ކައުންސިލުގެ ނަމުގަ އެވެ. އަދި މިކަމަކަށް އެ އެ ފަރާތަކުން އިންކާރެއް ނުކުރެ އެވެ. އެހެންކަމުން ޑިއުޓީ ނުދެއްކުމަށް ސިޓީ ކައުންސިލުން ދީފައިވާ ޖަވާބުން ބަރީއަވެވޭނެ ސަބަބެއް ނޫންކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެ އެވެ.

ސިވިލްކޯޓުން ހުކުމްކުރީ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ސިޓީ ކައުންސިލުން ކަސްޓަމްސް އަށް ދައްކަންޖެހި ނުދައްކާ އޮންނަކަން ހުށައަޅައިފައިވާ ލިޔުންތަކުން ޝަރީއަތަށް ސާބިތުވާކަމަށެވެ. އެހެންކަމުން ދިވެހި ދައުލަތަށް 1،121،941.50 (އެއްމިލިއަން އެއްލައްކަ އެކާވީސްހާސް ނުވަސަތޭކަ ސާޅީސްއެއް ރުފިޔާ، ފަންސާސް ލާރި) އޮގަސްޓް 8، 2024 އިން ފެށިގެން އެއް މަސްދުވަހު ތެރޭގައި ސިވިލް ކޯޓަށް ދައްކާ ހަލާސްކުރަން އެހުކުމުގައި މާލެ ސިޓީ ކައުންސިލަށް އެންގި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox