ލިއުން ދިން މީހުންނަށް ގޯތިތައް ހަވާލުކުރެވޭނަމަ ލިޔުން ދިން މީހުންނަށް ފުލެޓުތައް ނުދޭންވީ ސަބަބެއް ނެތް: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ގޯތިތައް ހަވާލުކުރެވޭނަމަ ލިޔުން ދިން މީހުންނަށް ފުލެޓުތައް ނުދޭންވީ ސަބަބެއް ނެތް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: އޭނާ ވިދާޅުވީ ގޯތިތައް ހަވާލުކުރެވޭނަމަ ލިޔުން ދިން މީހުންނަށް ފުލެޓުތައް ނުދޭންވީ ސަބަބެއް ނެތް ކަމަށް --- ފޮޓޯ: މަޖިލިސް އިދާރާ

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ފުލެޓު ދޭނެކަމަށް ބުނެ ލިޔުންދިން ފަރާތްތަކަށް ފުލެޓު ހަވާލުނުކުރަން ޖެހޭ ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

އަމިއްލަ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި އައްބާސް ފާހަގަކުރެއްވީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޭނެ ކަމަށް ބުނެ ލިޔުން ދިން ފަރާތްތަކަށް ބިން ހަވާލުކުރަމުންދާ ކަމެވެ. އެކަން އެހެން ހިނގާނަމަ ފުލެޓުތައްވެސް ދޭން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެ ސިޓީ އިން ބިން ދޭނެ ކަމަށް އޭރުގެ ސަރުކާރުން ލިޔުން ދިން މީހުންނަށް ބިން ދޫކުރާ ފަދައިން ފުލެޓު ލިބޭނެ ކަމަށް ލިޔުން ލިބުނު ފަރާތްތަކަށް ފުލެޓު ނުދޭނެ ސަބަބެއް ނެތް،" ހައުސިން މިނިސްޓްރީ ޓެގުކޮށް އައްބާސް ލިޔުއްވާފައިވެ އެވެ.

އައްބާސް އަކީ މި ސަރުކާރާއެކު މަސައްކަތްކުރަމުންދާ އެމްޑީއޭގެ ނައިބު ރައީސް އަަދި ތަރުޖަމާނެވެ. މީގެ ކުރިންވެސް ފުލެޓުތަކުގެ މައްސަލާގައި އައްބާސް ވަނީ ހައުސިން މިނިސްޓްރީއަށް ފާޑުވިދާޅުވެފަ އެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

މި މައްސަލަ ބޮޑުވެ މަޖިލީހުގެ ތަޅުމަށާއި ކޮމިޓީތަކަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ހާޒިރުކުރުމަށް ތަކުރާރުކޮށް މަސައްކަތް ކުރި ނަމަވެސް ވަޒީރު ވަނީ އެކި ފަހަރުމަތިން އެކަމަށް ދެކޮޅު ހައްދަވާ އެކި އުޒުރުދައްކަވާފަ އެވެ.

ފުލެޓުތައް ދިނުން ލަސްވުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔަމުންދާއިރު ފުލެޓު ލިސްޓުގައި ނަން އޮތް މީހުން ވަނީ އެކި ފަހަރުމަތިން މުޒާހަރާވެސް ކޮށްފަ އެވެ.

ފުލެޓުތައް ދިނުމުގެ މަސައްކަތުގެ އަދާހަމައެއް މިނިސްޓަރު ދެއްވީ މަޖިލީހުގެ ކޮމިޓީއަށް ޖުލައި 29، ގައި ހާޒިރުކުރުމުންނެވެ. އެދުވަހު މިނިސްޓަރު ވިދާޅުވީ ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މި އަހަރުގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށެވެ.

"އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާނުކޮށް ފައިނަލް ލިސްޓު ގެޒެޓު ކުރާނަމޭ އިނގޭތޯ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި 32 ޓަވަރުގެ ތެރެއިން ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޫބަރު މަސް ނިމޭހައި ތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމު ކުރާނަން،" ހައިދަރު އެދުވަހު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox