މެންބަރުން ހައްލައިލަން އުޅޭނެ ކަމަށް ވިދާޅުވީ އެތެރޭގެ ނުތަނަވަސްކަން ބޮޑުވުމުން: ޕީއެންސީގެ ބައެއް މެންބަރުން

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން -- ފޮޓޯ: ޕީއެންސީ

ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން -- ފޮޓޯ: ޕީއެންސީ

ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްލައިލަފާނެތީ ސަމާލުވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޕާޓީގެ އެތެރޭގައި އޮތް ނުތަނަވަސްކަމުގެ ސަބަބުން ކަމަށް، ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ޖަގަހައިގައި އަންގާރަ ދުވަހުގެ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގައި ތިބި ޕީއެންސީގެ 75 މެންބަރުން މަސައްކަތް ކުރައްވަން ވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެހީތެރިވެދީ ރައްޔިތުންނަށް ތަރައްގީއާ ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް މަގުފަހި ކުރައްވަން ކަމަށެވެ.

"ތިބޭފުޅުންގެ ޒިންމާއަކަށް ވާންވާނީ ގައުމާއި ރައްޔިތުންނަށް ލާބަޔާއި މަންފާ ހުރި މަގުން ކުރިއަށް ދިޔުން، އެމަގުން ކުރިއަށް ދެވޭނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ އެކީގައި ސާބިތުވެ ތިބެގެން،" އެމަނިކުފާނު ވިދާޅުވި އެވެ.

މިމޭރުމުން އަބްދުއްރަހީމް ވާހަކަ ދެއްކެވީ ޕީއެންސީގެ ބިޔަ ޕީޖީ ގްރޫޕުގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ދާދި ފަހުން، އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

"މިހާރު ވެސް އެންޓި ޑިފެކްޝަން ގާނޫނު އުވާލައިފި ނަމަ އެކަން [ބައިބައިވުން އޮތް ވަރު] ފެނިގެން ދާނެ. ލީޑަޝިޕާމެދު ހިތްހަމަ ނުޖެހޭ ތިރީހަކަށް މެންބަރުން މިހާރު ވެސް ތިބޭނެ. އެ ބޭފުޅުންގެ ވާހަކައިން އެކަން އެބަ އެނގޭ،" ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވީ މެންބަރުން ހިތްހަމަ ނުޖެހޭ ގިނަ މައްސަލަތަކެއް އެބަ ހުއްޓެވެ. އެކަންކަން ލީޑަޝިޕަށް ހިއްސާކޮށްފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އޭގެ ތެރޭގައި ޕީއެންސީ ވަރުގަދަ ކުރުމަށްޓަކައި ޕީޕީއެމް އުވާލުމަށް މަސައްކަތް ކުރުމާއި، ސަރުކާރާއި ކުންފުނިތަކުގެ ތެރޭގައި ހުރި ހިޔާނާތުގެ މައްސަލަތަކާއި މެންބަރުން އެދޭ ކަންކަން ފުރިހަމަވުން ލަސްވުމާއި، ސަރުކާރުގެ ހިންގުން ހުއްޓިފައި އޮތުމަކީ ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox