200ރ.ގެ ވިޔަފާރިކޮށްގެން 2،000ރ. ލިބުމުގެ ފުރުސަތެއް!

200ރ.ގެ ވިޔަފާރިކޮށްގެން 2،000ރ. ލިބުމުގެ ފުރުސަތެއް!

ގުދުރަތީ މާއްދާތައް އެކުލެވޭ އުފެއްދުމަކުން މޫނުގެ ހަން ނަލަކޮށް ތާޒާކޮށްލަން ބޭނުން ހެއްޔެވެ؟

ކޮރެއާގެ "ސްކިން 1004" އަކީ އެފަދަ، ގުދުރަތީ އަދި ރައްކާތެރި މާއްދާތައް އެކުލެވޭ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާފައިވާ ޕްރޮޑަކްޓެކެވެ.

އައިޑިއާ ފިހާރައިން ރާއްޖެއަށް ތައާރަފު ކުރި "ސްކިން 1004" ގެ އުފެއްދުންތަކަށް މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. އަދި 200ރ. އިން މަތީގެ ވިޔަފާރި ކޮށްގެން 2،000ރ. ލިބުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

އައިޑިއާ ފިހާރަ
އައިޑިއާ ފިހާރަ

އައިޑިއާ ފިހާރަ

"ސްކިން 1004" ގެ އުފެއްދުންތަކުގައި މައިގަނޑު ގޮތެއްގައި ހިމަނާފައި ވަނީ، ފަތްޕިލާވެލީގެ ބާވަތެއް ކަމުގައިވާ ސެންޓެލާ އެވެ.

ގިނަ ގައުމުތަކެއްގައި ކުރު މުއްދަތެއްގެ ތެރޭގައި ކާމިޔާބުކަމާއި މަގުބޫލުކަން ހޯދި މި މަރުކާގެ ސިއްރަކީ ގުދުރަތީ މާއްދާތަކުގެ ތާސީރާއި ރައްކާތެރިކަމުގެ މާއްދާތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކުގެ އަޖުމަ، ދެ ޖިންސްގެ ކަސްޓަރަމުން ވެސް ތަޖުރިބާކޮށް، ނަތީޖާ މުޖައްރިބު ވުމެވެ.

އުފެއްދުންތަކާއި ބޭނުން

  • އާދައިގެ ހަން ހުންނަ މީހުންނަށް: ހަމުގެ ތާޒާކަން ދަމަހައްޓަން އެންމެ ރަނގަޅީ ސެންޓެލާ އުފެއްދުންތައް
  • ހަން ކުރަކި މީހުންނަށް: ހަޔަލޫ-ސިކާ އާއި ޕްރޯބަޔޯ-ސިކާ އުފެއްދުންތަކުން ހަމަށް ބޭނުންވާ ދުޅަހެޔޮކަމާއި ހައިޑްރޭޝަން ލިބޭ
  • ތެޔޮ ހަން ހުންނަ މީހުންނަށް: ޕޯމައިޒިން އުފެއްދުންތައް ބޭނުންކޮށްގެން ހަމުގައި އިތުރަށް ހުންނަ ސީބަމް އާއި ފޯޒްތައް މަދުކޮށްދޭ
  • ފަސޭހައިން ބިހި ނަގާ ހަން ހުންނަ މީހުންނަށް: ޓީ-ޓްރައިކާ އުފެއްދުންތަކުން ބިހި މަދުކޮށްދޭ
  • ކުރަަކި ހަމާއި ތެޔޮ ހަން ހުންނަ މީހުންނަށް: ކުރަކި ހަމަށް ސެންޓެލާ ލައިންގެ އުފެއްދުންތައް އަދި ތެޔޮ ހަމަށް ޓީ-ޓްރައިކާ އުފެއްދުންތައް

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox