މެޖިކްލީންގެ އުފެއްދުމެއް ގަނެގެން 5،000ރ. ލިބުމުގެ ފުރުސަތެއް

މަޖީދީ މަގުގައި ހުރި އައިޑިއާ ފިހާރަ

މަޖީދީ މަގުގައި ހުރި އައިޑިއާ ފިހާރަ

ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖަޕާނުގެ "މެޖިކްލީން" ގެ އުފެއްދުމެއް ގަނެގެން، ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް ކޮންމެ މަހަކު 5,000ރ. ގެ ނަގުދު ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ސާފުކުރާ ސާމާނު ފޯރުކޮށްދިނުމުގެ އިތުރުން، އަގުހުރި އިނާމެއް ހޯދުމުގެ މަގު ފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް، މި އުފެއްދުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރު ވެސްޓްރޭޑުގެ މެނޭޖަރު ބުންޏެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި މެޖިކްލީން ބްރޭންޑްގެ ކޮންމެ އުފެއްދުމެއް ގަތްކަމުގައި ވިޔަސް ގުރުއަތުގައި ބައިވެރިވެވޭނެއެވެ. މީގެ ތެރޭގައި ހިމެނެނީ، ފްލޯ ކްލީން، ވައިޕާ އަދި ޝީޓްސްގެ އިތުރުން ބަދިގެ އާއި ފާހާނާ ސާފުކުރާ ސްޕްރޭ އެވެ.

"މެޖިކްކްލީން ބްރޭންޑަކީ ގިނަ ދިވެހިންގެ އިތުބާރު ހޯދާފައިވާ، މަސައްކަތް ލުއިކޮށްދޭ އުފެއްދުންތަކެއް. މި ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް އިތުރު އުފާވެރިކަމެއް ލިބިގެންދާނެ،" ރޯދަ މަހަށް ގޭތެރެ ރަނގަޅަށް ސާފުކޮށްލުމަށް ފުރުސަތު ލިބޭ ގޮތަށް ހުޅުވާލި ޕްރޮމޯޝަނާ ގުޅޭ ގޮތުން މެނޭޖަރު ބުންޏެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މާޗު މަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ ވެސްޓްރޭޑު ފިހާރަ އައި އައިޑިއާގެ ފިހާރަތަކުން ވިޔަފާރިކޮށްގެންނެވެ. ވެސްޓްރޭޑު ފިހާރަ ހުންނާނީ އަމީރު އަހުމަދު މަގުގަ އެވެ. އައިޑިއާ ފިހާރަ މަޖީދީ މަގުގައި އަދި ހުޅުމާޅޭ ވިނަރެސްގެ އިތުރުން ފުވައްމުލަކުގައި ހުންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox