އިނގިރޭސި ވިލާތުގައި މުސްލިމުންނާ ދެކޮޅަށް އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ އަދި ތިބި ދިވެހިން އެ ގައުމުގައި ހުންނަ ދިވެހި ހައި ކޮމިޝަނުގައި ރަޖިސްޓްރީ ކުރަން އެދިއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ހުޅަނގު އުތުރުގައި އޮންނަ ސައުޕޯޓުގައި ކުޑަކުދިންނަށް ނެށުމާއި ދަސްކޮށްދޭ ކްލާހަކަށް ވަދެ ތިން ކުޑަކުއްޖަކަށް ވަޅިން ހަމަލާދީ މަރައިލި ޖަރީމާ މުސްލިމުންނާ ގުޅުވައި، ފެތުރި ދޮގު ވާހަކަތަކާ އެކު އެ ގައުމުގައި އުފެދިފައިވާ ހަމަނުޖެހުމާ ގުޅިގެން ދިވެހިން ސަމާލުވެ ތިބުމަށް މީގެ ކުރިން ވެސް ހައި ކޮމިޝަނުން އެދިފައިވެ އެވެ.
ހައި ކޮމިޝަންގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ ހުރިހާ ދިވެހިން consular@maldiveshighcommission.uk މެދުވެރިކޮށް ހައިކޮމިޝަނުގައި ރަޖިސްޓްރީވުމަށް އެ ކޮމިޝަނުން އެދޭ ކަމަށެވެ.
އަދި ފޯނު +44 (0)2072242135 ނުވަތަ އީމެއިލް މެދުވެރިކޮށް info@maldiveshighcommission.uk މެދުވެރިކޮށް ހައިކޮމިޝަނަށް ގުޅައި މައުލޫމާތުތައް ސާފުކުރެވޭނެ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.














