މިނިސްޓަރު ދެއްވީ މޯލްޑިވްސް ޕްރޯ ނިމުމާ އެކު ސާފިން އެރީނާގެ މަސައްކަތް ފަށާނެކަމުގެ ޔަގީންކަން

ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު

ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް ނިމުމާ އެކު، ސާފިން އާއި ބޮޑީބޯޑިން އެރީނާގެ މަސައްކަތް، މާލޭގެ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ފެށިގެންދާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުالله ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު ވިޒިޓް މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން 2024 މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވިއިރު, މި ފަހަރުގެ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 84 ބޮޑީބޯޑަރުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަނުންވެސް ހިމެނެ އެވެ.

މި ފަހަރުގެ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު، ރާފިއު ވަނީ ބޮޑީބޮޑިން އަދި ސާފިން ކޮމިއުނިޓީ އަށް އުފާވެރި ހަބަރެއްގެ ގޮތުގައި މި މުބާރާތް ނިމުމާ އެކު, ސާފިން އެރީނާގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން، މިނިސްޓަރު ރާފިއު (ކ) އާއި އެމްބީބީއޭގެ ރައީސް، ނިޒާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަތޫފް އާތިފް / އަދަދު

"މި ތަނުގައި ސާފިން އަދި ބޮޑީބޯޑިން އެރީނާ އެއް އެޅުން އެއީ ސަރުކާރުން ވެފައިވާ ވައުދެއް. އަޅުގަނޑުމެން އެ މަސައްކަތް ނުފަށާ, މަޑުކޮށްލައިގެން މިތިބީ މި މުބާރާތް ނިމެންދެން. އިރާދަކުރެއްވިއްޔާ މި މުބާރާތް ނިމުމާއެކު, މި ތަނުގައި (ވަރުނުލާ ރާޅުގަނޑު ސަރަހައްދު) އެ މަސައްކަތް ފެށިގެންދާނެ" ރާފިއު ވިދާޅުވި އެވެ.

މި ފަހަރުގެ މުބާރާތުގައި ގިނަ މޮޅު ބޮޑީބޯޑަރުން ބައިވެރިވާ ކަމީ މި މުބާރާތް އިތުރަށް ފުރިހަމަވެގެންދާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާފިއު ވިދާޅުވީ، މި ފަހަރުގެ މުބާރާތް ނިމުމާ އެކު، އެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ސާފިން އެރީނާގެ ސަބަބުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ނިޒާމް - ފޮޓޯ: އަތޫފް އާތިފް
ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ނިޒާމް - ފޮޓޯ: އަތޫފް އާތިފް

ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބީބީއޭގެ ރައީސް ނިޒާމް --- ފޮޓޯ: އަތޫފް އާތިފް / އަދަދު

ބޮޑީބޯޑިން އެސޯސިއޭޝަނުގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ, ވިޒިޓް މޯލްޑިވްސް ޕްރޯ ކުރިއަށް މި ގެންދެވެނީ އެ އިރެއްގައި އޮންނަ ސަރުކާރެއްގެ ބޮޑު އެއްބާރުލުމަކާއެކުގައި ކަމަށެވެ.

މީގެ އިތުރުން ނިޒާމް ވިދާޅުވީ، ބޮޑީބޯޑިންގައި ރާއްޖެގެ ނަން މުޅި ދުނިޔޭގެ ޗާޓުގައި މިހާރު ވަނީ ފަވާލެވިފައި ކަމަށެވެ. އެއާ އެކު, މި މުބާރާތުގައިވެސް ރާއްޖޭގެ އެތުލީޓުންނަށް ރަން ވަނަ ތަކެއް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ، ރާއްޖޭގައި މި މުބާރާތް ބޭއްވޭ ތިން ވަނަ ފަހަރެވެ. މީގެ ކުރިން ދެ އަހަރުގައި ރާއްޖޭގެ އެތުލީޓުން ވަނީ މި މުބާރާތުގައި ވާދަކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އެ ގޮތުން، މި މުބާރާތުގައި ރާއްޖޭގެ ބޮޑީބޯޑަރުންގެ ތެެރެއިން، ރާއްޖޭގެ އެއް ވަނަ ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާގެ ޖޫނިއާ ރޭންކިން 10 ވަނައިގައި ވެސް އެއް ފަަަހަރު އޮތް، ރާއްޖޭގެ އާމިން އުމަރު މޫސާ ވަނީ ދުނިޔޭގެ ލެވަލްގެ ސަމާލުކަން ލިބޭ ވަރުގެ ޕާފޯމަންސެއް ދައްކައިފަ އެވެ.

މި ފަހަރުގެ މުބާރާތުގެ ފޯރިގަދަ އިވެންޓްތައް މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބެޓިސް ބަލިކޮށް ބާސެލޯނާ ފަސްބެލުމެއްނެތި ކުރިއަށް

ސްޕެނިޝް ލީގުގައި ރެއާލް ބެޓިސް 5-2 އިން ބަލިކޮށް، ބާސެލޯނާ އިން ޖެހިޖެހިގެން ނުވަ ވަނަ މެޗުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓައިފި. މި މެޗުގައި ބާސެލޯނާގެ ލަމީން ޔަމާލް، ރޮޑްރީ، ޖީސޫސް، އެރިކް ގާސިއާ އަދި އޮލްމޯ ލަނޑުތައް ކާމިޔާބުކުރި

ބޮޑު ތަފާތަކުން ލައިޕްޒިގު ބަލިކޮށް ބަޔާން އެއް ވަނަ އަށް

ޖަރުމަނު ލީގުގައި އާރްބީ ލައިޕްޒިގު އަތުން 6-1 އިން މޮޅުވެ، ބަޔާން މިއުނިކުން ތާވަލުގެ އެއްވަނައަށް ޖެހިލައިފި. ބަޔާނުން އެއްވަނަ ހޯދީ ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް، ހެޑް ޓު ހެޑްގެ ތަފާތުން ކުރިލިބޭތީ. މި މެޗުގައި ބަޔާންގެ ލުއިސް ޑިއާޒް ހެޓްރިކެއް ހެދިއިރު، ހެރީ ކޭން އާއި ޕަވްލޮވިޗް އަދި އޮލީސޭ ވެސް ލަނޑު ޖެހި

ޗެލްސީ އާއި ލިވަޕޫލަށް މޮޅެއް، ސިޓީގައި މަރެސްކާ އަށް ރެކޯޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ސިޓީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެ އާ ރެކޯޑެއް ގާއިމްކޮށްފައި. ޗެލްސީން އެވަޓަން ބަލިކުރީ 2-0 އިންނެވެ. އަދި ލިވަޕޫލުން ވަނީ ފަހަތުން އަރައި ބްރެންޓްފޯޑްގެ މައްޗަށް 2-1 އިން ކުރިހޯދާފައި

ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ނަން ނުނަގާ ކަމަށް ބުނެފި

މިއަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުން އިންޑިއާ ވަކިވި ކަމަށް ދެކެވޭ ވާހަކަތައް ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ދޮގުކޮށްފައި. ސާފް އިން ބުނިގޮތުގައި ކުރިންވެސް ނިންމާފައިވާ ގޮތަށް މި މުބާރާތުގައި ހަ ގައުމު ބައިވެރިވާނެ ކަމަށާއި، އިންޑިއާގެ ބައިވެރިވުން މުބާރާތުގައި އޮންނާނެކަން ޔަގީންކުރެވިފައިވާ ކަމަށް.

ސްޕެއިނުގެ ރަގްބީ ވޯލްޑް ކަޕް ބިޑްގައި ރެއާލާއި ބާސެލޯނާގެ ދަނޑު

2035 ވަނަ އަހަރުގެ ރަގްބީ ވޯލްޑް ކަޕް ބޭއްވުމަށް ސްޕެއިނުން ހުށަހެޅި ބިޑްގައި ރެއާލް މެޑްރިޑާއި ބާސެލޯނާގެ ދަނޑުތައް ހިމަނާފައިވާއިރު، ބިޑް ކާމިޔާބުވެއްޖެނަމަ ފައިނަލް މެޗު ކުޅުމަށް ނިންމާފައިވަނީ ނޯ ކޭމްޕްގައެވެ. މި މުބާރާތް ބޭއްވުމަށް އާޖެންޓީނާ އާއި ޖަޕާނުން ވެސް ވާދަކުރާއިރު، ސްޕެއިނުން އަމާޒު ހިފާފައިވަނީ 2030 ގެ ފީފާ ވޯލްޑް ކަޕްގެ ތަޖުރިބާ ބޭނުންކޮށްގެން އެންމެ ފުރިހަމަ ރަގްބީ މުބާރާތް ބޭއްވުމަށެވެ.

ގައުމީ ޓީމަށް ނަގާ ކުޅުންތެރިންނާ މެދު ލައްޗޭގެ ވިސްނުން

ގައުމީ ޓީމަށް ނަގާ ކުޅުންތެރިން ޓީމާ ގުޅުމަކީ ކްލަބުން ހުރަސްއަޅާ ކަމެއް ނޫން ކަމަށާއި، ބައެއް ކުޅުންތެރިން ސްކޮޑުން ވަކިވަނީ އާއިލީ ސަބަބުތަކާ ހުރެ ކަމަށް ލައްޗޭ ބުނެފައިވޭ. އަދި ކުޅުންތެރިންނަށް ޓީމާ ދުރަށް ދެވެނީ ގައުމީ ކޯޗުގެ ފަރާތުން އެ ފުރުސަތު ލިބޭތީ ކަމަށް ވެސް އޭނާ ފާހަގަކުރި

އަޖުފާން ގައުމީ ސްކޮޑަށް، މެޖޯރިޓީ ރިވައިވަލް ސްޕޯޓްސް އަށް

ގައުމީ ބެޑްމިންޓަން ޓީމު ހޮވުމަށް ބޭއްވި ސިލެކްޝަނުން، 9 ފަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަން، އަޖުފާން ރަޝީދު ހިމެނޭހެން 12 ކުޅުންތެރިންގެ ސްކޮޑެއް ވަނީ އެކުލަވާލާފައި. މި ސްކޮޑުގެ މެޖޯރިޓީ ނުވަތަ ހަތް ޖާގައެއް ރިވައިވަލް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ހޯދާފައިވާއިރު، މީގެ ތެރޭގައި ރޭންކިންގެ އެއް ވަނަ އަދި ދެ ވަނަ ކުޅުންތެރިންވެސް ހިމެނޭ

Newsletter

Get the latest news delivered straight to your inbox