އިންޑިއާއިން ޒަރޫރީ މުދާ ގެންނަން އިތުރު ދެ ބަނދަރު ހަމަޖައްސައިފި

މާލޭގެ ވިޔަފާރި ބަނދަރު: ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ގެންނަން އިންޑިއާގެ އިތުރު ދެ ބަނދަރެއް ހަމަޖައްސައިފި

މާލޭގެ ވިޔަފާރި ބަނދަރު: ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ ގެންނަން އިންޑިއާގެ އިތުރު ދެ ބަނދަރެއް ހަމަޖައްސައިފި

ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލުގެ ބާވަތްތައް އިންޑިއާއިން ރާއްޖެއަށް އެކްސްޕޯޓް ކުރުމަށް އިތުރު ދެ ބަނދަރެއް އެ ގައުމުން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނި ގޮތުގައި އެ ބަނދަރަކީ ގުޖުރާތުގައި އޮންނަ ކަންޑްލާ ޕޯޓާއި އަންދްރާ ޕްރަދޭޝްގައި އޮންނަ ވިޝަޚަޕަތުނަމް ޕޯޓެވެ. މީގެ ކުރިން ރާއްޖެއަށް މި ބާވަތުގެ މުދާ އިންޑިއާއިން ބޭރުކުރެވެނީ ހަތަރު ޕޯޓަކުންނެވެ. އެއީ:

  • މުންދްރާ ސީ ޕޯޓު (ގުޖުރާތު)
  • ނާވާ ޝެވާ ސީ ޕޯޓު (މަހާރާޝްތުރާ/މުމްބާއީ)
  • ޓޮޓިކޮރިން ސީ ޕޯޓު (ކެރެލާ)
  • އައިސީޑީ ޓުގްލާލާކާބާދު (ނިއު ދިއްލީ)

އެ ކަން ހަމަޖައްސާފައި ރާއްޖެ އާއި އިންޑިއާއާ ދެމެދު އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ފޮރިން ޓްރޭޑް ޕޮލިސީއަށް ބަދަލެއް ވެސް ގެނެސްފަ އެވެ.

އަވައްޓެރި އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކުރާ އެއް ގައުމެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ވެސް ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.

އިންޑިއާއިން އެތެރެކުރާ މުދަލުގެ ބޮޑު އިންސައްތައަކީ ޒަރޫރީ މުދަލުގެ ބާވަތްތަކެވެ. މިއީ އިންޑިއާއިން ވެސް އެކްސްޕޯޓު ކޮންޓްރޯލް ކޮށްފައިވާ ބާވަތްތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަނޑޫ، ހަކުރު، ފުށް ފަދަ ކާޑުގެ ބާވަތްތަކާއި ފިޔާ، އަލުވި ފަދަ ތަކުރާރީގެ ބާވަތްތަކާއި ކުކުޅު ބިސް ހިމެނެ އެވެ. ދެން ހިމެނެނީ ކޮންސްޓްރަކްޝަނުގައި ބޭނުންކުރާ ހިލަ އާއި ހިލަވެއްޔެވެ. މި މުދާ އެންމެ ގިނައިން އެތެރެކުރަނީ އެސްޓީއޯއިންނެވެ.

ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގުރިމަންޓް (އެފްޓީއޭ) އެއް ގާއިމު ކުރުމުގެ ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox