ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫހިކޮށްލަން, ރާވައިގެން އެބަ މަސައްކަތް ކުރޭ: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫހިކޮށްލަން ރާވައިގެން މަސައްކަތް ކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް: ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫހިކޮށްލަން ރާވައިގެން މަސައްކަތް ކުރާ ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ

ރައްޔިތުން ސިޔާސީ ނިޒާމާމެދު ފޫކޮށްލަން ރޭވުންތެރިކަމާއެކު މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މީކާއިލް ވިދާޅުވީ ސިޔާސީ މަސްރަހުގައި ފާޅުގައި ދޮގު ހަދައި އޮޅުވާލަމުންދަނީ އެކަންކަން ބަޔަކު އާންމު ކުރުމަށް ބޭނުންވާތީ ކަމަށެވެ. އެއާއެކު ސަރުކާރުން ވައްކަންކޮށް ނާޖާއިޒް ފައިދާ ނަގަން މަގު ފަހިވެގެންދާ ކަމަށް، ސަރުކާރަށް ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުން، އޭނާ ވިދާޅުވި އެވެ.

"މިހާ ލަދު ކުޑަ، މިހާ ހަޔާތް ކުޑަ ސަރުކާރެއް އަދި މިހާ ފާޅުގައި ދޮގު ހަދަމުން ދިވެހި ރައްޔިތުން މި ސިޔާސީ ނިޒާމާމެދު ފޫހިކުރަމުންދާ ސަރުކާރެއް އަޅުގަނޑުމެންނެއް އަދި މި ފެންވަރަކަށް ނުދެކެން،" މީކާއިލް ވިދާޅުވި އެވެ.

މީކާއިލް ވިދާޅުވީ އެންމެ ކަންބޮޑުވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ތާ އަބަދަށް ދެމި އޮންނަ ގޮތަށް މަސައްކަތް ކުރައްވާތީ ކަމަށާއި އެކަން ކުރަން މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތައް އޮޕަރޭޓް ކުރާ ގޮތުގެ އިތުރުން ސިޔާސީ މަސްރަހާ މެދު އާންމުން ފޫހިކޮށްލައިގެން ކަމަށެވެ.

މީކައިލްގެ ވާހަކައިގައި އޭނާ ވަނީ ވާދަވެރި ދެ ޕާޓީ ކަމުގައިވާ ޕީއެންއެފް އާއި ޑިމޮކްރެޓްސް ނެތް ކަމަށް ފާހަގަކުރައްވާ، ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށް ވިދާޅުވެފަ އެވެ. އަދި ހަމައެކަނި އޮތް އިދިކޮޅު ޕާޓީއަކީ ވެސް އެމްޑީޕީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox