ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް ޖުލައިމަހުގެ މުސާރަ އަދިވެސް ނުދޭ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އާންމުކޮށް ކޮންމެ މަހެއްގެ މުސާރަ ވެސް މަަހުގެ 27 ނުވަތަ 28 ހިސާބުގައި ލިބޭ -- އާޓްވޯކް: އިސްމާއިލް އިމްދާދު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އާންމުކޮށް ކޮންމެ މަހެއްގެ މުސާރަ ވެސް މަަހުގެ 27 ނުވަތަ 28 ހިސާބުގައި ލިބޭ -- އާޓްވޯކް: އިސްމާއިލް އިމްދާދު

ސަރުކާރުގެ ހިއްސާވާ ގިނަ ކުންފުނިތަކުން މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭކަން އެނގިއްޖެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ފެނަކަ އާއި އެމްޓީސީސީގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ މުވައްޒަފުންނަށް ވެސް އަދި މުސާރަ ދީފައެއް ނުވެ އެވެ. އެ ކުންފުނިތަކުގައި ވަޒީފާ އަދާ ކުރާ ބައެއް މުވައްޒަފުން ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.

ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުގައި މުސާރަ ހަދަނީ މަހުގެ އެކަކުން އެކަކަށެވެ. އެލެވެންސްތައް ހަދަނީ 20 އިން 20 އަށެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އާންމުކޮށް ކޮންމެ މަހެއްގެ މުސާރަ ވެސް މަަހުގެ 27 ނުވަތަ 28 ހިސާބުގައި ލިބޭ ކަމަށް މި ނޫހަށް މައުލޫމާތު ދިން މުވައްޒަފުން ބުންޏެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އަދި މުސާރަ ދީފައި ނުވާއިރު، ގައުމުގެ މާލީ ހާލަތު ވަރަށް ގޯސްވެފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރަން މިނިސްޓަރީތަކާއި ކުންފުނިތަކަށް އަންގައިފަ އެވެ. ނަމަވެސް ހަރަދު ކުޑަ ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިކަން މިހައިތަނަށް އެނގިފައެއް ނުވެ އެވެ.

ދައުލަތުގެ މާލީ ހާލަތު ގޯސްވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކަށް 2000 އަށްވުރެ ގިނަ މުވައްޒަފުން އައްޔަނު ކޮށްފައިވާކަން "އަދަދު" އަށް އެނގިފައިވެ އެވެ.

ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ސަރުކާރުން ރަސްމީކޮށް ހާމަ ނުކުރާތީ ސީދާ އަދަދު ކަށަވަރެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox