ހަމާސްގެ ލީޑަރު ޝަހީދުކޮށްލުން ދުނިޔެއިން ކުށްވެރިކޮށްފި، ރާއްޖޭން އަދިވެސް ބަހެއް ނުބުނޭ

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ، އޭނާ އަވަހާރަކޮށްލުމުން ގިނަ ގައުމުތަކަކުން ވަނީ އެކަން ކުށްވެރިކޮށްފައި.

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ، އޭނާ އަވަހާރަކޮށްލުމުން ގިނަ ގައުމުތަކަކުން ވަނީ އެކަން ކުށްވެރިކޮށްފައި.

އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ޕޮލިޓިކަލް ޗީފް، އިސްމާއިލް ހަނިއްޔާ ޝަހީދުކޮށްލި މައްސަލަ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ކުށްވެރި ކޮށްފި އެވެ. ނަމަވެސް އެ ގަތުލަށް ހަ ގަޑިއިރަށްވުރ ގިނައިރު ވެގެންދިޔައިރު ވެސް ރާއްޖެއިން އަދިވެސް އެކަމުގައި ބަހެއް ނުބުނެ އެވެ.

ހަނިއްޔާ ޝަހީދުކޮށްލާފައި ވަނީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެގައުމުގެ ވެރި ރަށް، ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް ރޭ ފަތިހު އެވެ. ހަނިއްޔެ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގަ އެވެ. އެ ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުފައިވެ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލައިފައެއް ނުވެ އެވެ. ނަމަވެސް އެއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފަ އެވެ. ހަމަލާ އާ ގުޅިގެން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުނެފައި ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް އެ ހަމަލާ ދިން ގޮތާ ގުޅޭ މައުލޫމާތު އާންމު ކުރާނެ ކަމަށެވެ.

އެ ހަމަލާ ކުށްވެރިކޮށް ޗައިނާ އާއި ރަޝިޔާ އަދި ރާއްޖޭގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ތުރުކީން ވެސް ބަސް ބުނެފައިވެ އެވެ.

އޭގެއިތުރުން ގަތަރާއި އިރާނާއި މެލޭޝިޔާގެ އިތުރުން ޔަމަނުން ވެސް ހަނިއްޔާ އަށް ދިން ހަމަލާ ކުށްވެރިކޮށްފައިވެ އެވެ.

އެ ހަމަލާ އާ ގުޅޭގޮތުން ރާއްޖެއިން މިހައިތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ "ފަލަސްތީނުގެ ހައްގުގައި، ބައިނަލް އަގުވާމީ މައިދާނުގައި ކުރެވޭ ކޮންމެ ކަމެއްގައި ރާއްޖޭން ބައިވެރިވެ ދެމިއޮންނާނެ،" ކަމަށް މެއި، 20 ގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.

ހަނިއްޔާ އަށް ދިން ހަމަލާ އާ ގުޅޭގޮތުން ރާއްޖެއިން ބަހެއް ނުބުނާތީ އެކަމަށް ފާޑުކިޔައި ބައެއް މީހުން އަންނަނީ ސޯޝަލްމީޑިއާގައި ފާޑު ވެސް ކިޔަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox