ލަންކާ އިންތިހާބު: ރާޖަޕަކްސަގެ ޕާޓީން ރަނިލްއަށް ތާއީދު ނުކޮށް، ވަކިން ކެންޑިޑޭޓެއް ނެރެނީ

ޖަޕަކްސަގެ ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ވަނީ އިންތިހާބަށް ވަކިން ކެންޑިޑޭޓެއް ނެރުމަށް ނިންމާފައި -- ފޮޓޯ: އެކްސް

ޖަޕަކްސަގެ ޕާޓީން ބޭއްވި ބައްދަލުވުމުގެ ތެރެއިން: އެ ޕާޓީން ވަނީ އިންތިހާބަށް ވަކިން ކެންޑިޑޭޓެއް ނެރުމަށް ނިންމާފައި -- ފޮޓޯ: އެކްސް

އަންނަ ސެޕްޓެމްބަރުގައި ބާއްވާ ސްރީ ލަންކާގެ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ރަނިލް ވިކްރަމްސިންހުއަށް ތާއީދު ނުކުރައްވައި، މަހިންދަ ރާޖަޕަކްސަގެ އެސްއެލްޕީޕީ ޕާޓީން ވަކިން ކެންޑިޑޭޓަކު ނެރުމަށް ނިންމައިފި އެވެ.

ލަންކާގެ އިންތިހާބުގައި ވާދަކުރުމަށް ދެ ދުވަސް ކުރިން އިއުލާން ކުރުމާއެކު އެންމެ ފުރަތަމަ އެކަމަށް ޝައުގުވެރިކަން ފާޅުކުރައވްައި ފޯމް ހުށަހެޅުއްވީ ރަނިލް އެވެ. އެއާއެކު އެ ދުވަހު އެމަނިކުފާނުގެ ކެންޑިޑޭންސީ ލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި އެސްއެލްޕީޕީގެ ޖެނެރަލް ސެކެޓްރީ ސަގަރަ ކަރިޔަވަސަމް ވިދާޅުވީ އިންތިހާބުގައި ރަނިލްއަށް ތާއީދުނުކޮށް ޕާޓީން ވަކިން ކެންޑިޑޭޓެއް ނެރުމަށް މެޖޯރިޓީ މެންބަރުން ނިންމާފައިވާ ކަމަށާއި ބައެއް މެންބަރުން ރަނިލްއަށް ތާއީދު ކުރުމަށް ވެސް ނިންމި ކަމަށެވެ.

Advertisement

"ޕާޓީގެ ނިންމުމާ ދެކޮޅު ހަދައި، އެ ނިންމުމާ ދެކޮޅަށް ޕާޓީގެ މެންބަރަކު މަސައްކަތް ކޮށްފިނަމަ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާނެ،" ސަގަރަ ވިދާޅުވި އެވެ.

އިންތިހާބުގައި އެސްއެލްޕީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓެއް ނިންމާނީ ޕާޓީގައި އިތުރަށް މަޝްވަރާ ކުރުމަށްފަހު އެވެ. އެގޮތުން ކުރިމަތިލުމަށް ދީފައިވާ އޯގަސްޓް 15، ގެ މުއްދަތުގެ ކުރިން އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއްގެ ނަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ އެވެ.

ލަންކާގެ ވެރިކަމާ 2022 ގައި ރަނިލް ހަވާލުވެވަޑައިގެންނެވީ އެ ގައުމުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ، ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ހާލަތާ ގުޅިގެން ގައުމު ދޫކޮށް ފިއްލަވައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ސެޕްޓެމްބަރު 21، ގައި އޮންނަ އިންތިހާބުގައި ލަންކާގެ އާބާދީގެ 22 މިލިއަން މީހުންގެ ތެރެއިން 17 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox