ސަރުކާރުން އެދުމުން ފައިސާ ޖަހަން ޖެހޭ ކަމަށް ގަބޫލު ނުކުރަން، އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެ: މުނައްވަރު

މުނައްވަރުއަށް ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވަނީ. އޭނާ މިފަހަކާ ޖެހެންދެން ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި މިނިސްޓަރެއްގެ ފެންވަރުގައި. --- ފޮޓޯ: ރައީސް އޮފީސް

މުނައްވަރުއަށް ރައީސް މުއިއްޒު މަގާމުގެ ފަތްކޮޅު އަރުވަނީ. އޭނާ މިފަހަކާ ޖެހެންދެން ހުންނެވީ ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމުގައި މިނިސްޓަރެއްގެ ފެންވަރުގައި. --- ފޮޓޯ: ރައީސް އޮފީސް

މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މައި ސަރުކާރު ބޭނުންވުމާއެކު ފައިސާ ޗާޕުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ކުރާނަމަ އިސްތިއުފާ ވެސް ދިނުމުގެ ހިތްވަރު ހުންނާނެ ކަމަށް ގަވަރުނަރުގެ މަގާމަށް އައްޔަނުކުރާ ޑރ. އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.

ގަވަރުނަރުގެ މަގާމުން އަލީ ހާޝިމް ވަކިކުރުމަށް ވެސް އެ މަގާމަށް މުނައްވަރު އައްޔަނު ކުރުމަށް ލަފާ ހޯދުމަށް މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅުއްވާފަ އެވެ. އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކުރަމުންދާއިރު މިއަދު މުނައްވަރުއާ ވަނީ އިންޓަވިއުކޮށްފަ އެވެ.

"ސަރުކާރުން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެކަމަކަށް ހުރަހެއް ނާޅާނަން. އެކަމަކު ރައްޔިތުންނަށް އަދި ގައުމަށް ވެސް ގެއްލުން ވާކަމެއް ވިއްޔާ އެކަމުގެ މަޝްވަރާ ވެސް އަދި އެކަމުގައި ނުރުހުން ވެސް ފާޅުކުރާނަން, އަދި އިސްތިއުފާ ދޭން ޖެހިއްޖިއްޔާ އިސްތިއުފާ ދޭނަން," އެއީ މިނިވަން މުއައްސަސާގެ ގާނޫނީ ވާޖިބެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ އުސޫލުތަކެއް އެބަހުރި. އުސޫލުތަކުގައި ހިފަހައްޓާނަން. އަޅުގަނޑު ގަބޫލުނުކުރާ އެއް އުސޫލެއް އެއީ އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރު ބުނާ އިރަކަށް ފައިސާ ޖަހަން ޖެހޭ ކަމަށް."

ގާނޫނީ ތަރަހައިގެ ތެރެއިން މެނުވީ ފައިސާ ނުޖެހޭނެ ކަމަށާއި އޭނާގެ ޓްރެކް ރެކޯޑަށް ބެލި ނަމަވެސް ހިތްވަރު ހުންނާނެކަން ފެންނާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ކޮމިޓީއަށް ދެއްވި އެވެ.

މިއަދުގެ އިންޓަވިއުގައި މުނައްވަރު ވަނީ އޭނާ އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަނުކޮށްފި ނަމަ ނިޒާމަށް ގެންނަން ބޭނުންވާ ބައެއް އިސްލާހުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. މައިގަނޑު ގޮތެއްގައި އޭނާ ފާހަގަކުރެއްވީ ވިޔަފާރިއަށް ފަހިކޮށް ގާނޫނުތައް ބަދަލުކޮށް ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ފައިސާގެ އަދަދު އިތުރުކުރަން ޖެހޭ ކަމަށެވެ.

މުނައްވަރަކީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޖޫން 22, 2016 ގަ އެވެ. ޔާމީންގެ ވެރިކަން ނިމެންދެން އެ މަގާމު އޭނާ ފުރުއްވި އެވެ.

ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަަރުގެ މަގާމަށް މިނިސްޓަރެއްގެ ފެންވަރުގައި އޭނާ އައްޔަނުކުރީ ޑިސެމްބަރު 12, 2023 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox