މިދިޔަ އަހަރާ އަޅައި ބަލާއިރު، މާލެ ސިޓީ ކައުންސިލުގެ ހަރަދުން 20 މިލިއަން ކުޑަ ކުރެވިއްޖެ: އާޒިމް

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިރޭ ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅައިބަލާއިރު މިއަހަރު ސިޓީ ކައުންސިލުގެ ހަރަދުން 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވި ހިދުމަތްތައް ކުރިއަށްވުރެ ހަރުދަނާ ކުރެވިފައިވާ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލު ކުރުމަށް މިރޭ ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ މާލެ ސިޓީގެ މޭޔަރު ކަމުގެ ޒިންމާ އޭނާއަށް މަތި ކުރެވުނު ދުވަހުން ފެށިގެން ސިޓީ ކައުންސިލު ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ކޮށްފައި ވާނެ ކަމަށެވެ. އެގޮތުން ފައިސާ ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްވުރެ ހަރުދަނާ ކޮށްފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ވޭތުވެ ދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރު ގެ ފުރަތަމަ ހަ މަސް ދުވަހު ހަރަދުއަޅައި ބަލާއިރު، ސިޓީ ކައުންސިލު ގެ ހަރަދުން ވަނީ 20 މިލިއަން ރުފިޔާ ސަލާމަތް ކުރެވިފަ،" އާޒިމް ވިދާޅުވި އެވެ.

އެ އަދަދު ކުޑަކުރީ ސިޓީ ކައުންސިލު ހިންގުމަށް ކުރަމުން އައި ހަރަދުގެ ތެރެއިން 11 މިލިއަން ރުފިޔާ އާއި އެ ކައުންސިލުގެ ކެޕިޓަލް ހަރަދުން ނުވަ މިލިއަން ރުފިޔާ ކުޑަކޮށްގެން ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ހަރަދު ކުޑަކުރެވުނީ ސިޓީ ކައުންސިލުގެ މެންބަރުންނާއި މުވައްޒަފުންގެ ހަރުދަނާ ކަމުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށްޓަކައި ކައުންސިލަރުންނަށާއި ސިޓީ ކައުންސިލުގެ މުވައްޒަފުންނަށް އާޒިމް ޝުކުރު އަދާ ކުރެއްވި އެވެ.

މާލެ ސިޓީ ކައުންސިލުގެ ހަރަދުތައް ކުޑަވެގެންދިޔަ އިރު އެ ކައުންސިލުން ދެ ހިދުމަތުގެ ފެންވަރު ވެސް އިތުރަށް ހަރުދަނާ ވެގެންދިޔަ ކަމަށް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ކޯޕަރޭޓު އެކްސްޕީރިއެންސް ބޭނުން ކޮށްގެން މާލެ ސިޓީ ކައުންސިލަށް ހިދުމަތް ކޮށްދިނުން އެއީ އަޅުގަނޑުގެ ވައުދެއް، އެ ވައުދުގެ ތެރެއިން އަޅުގަނޑު މި މަސައްކަތްތައް ކުރަނީ، އިރާދަކުރެއްވިއްޔާ ހަމަ ކުރިއަށް އޮތް ތަނުގައި މީގެ އެތައް ކަމެއް ފެނިގެން ދާނެ ކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ހިދުމަތް ހޯދުމުގައި މިހާރު ވަރަށް ބައިވަރު ދަތިތައް އެބަހުރިކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ އެއީ ސިޓީ ކައުންސިލެއްގެ ހިދުމަތް ލިބެން ޖެހޭނެ ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ހިދުމަތް ހޯދުމުގައި މިހާރު ހުރި ލަސްކަމާއި ހިދުމަތް ހޯދުމުގައި އަރާ އޮޅުންތަކަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ރައްޔިތަކު ހިދުމަތެއް ހޯދަން އައިސްގެން އެ ހިދުމަތް މީހަކާ ނުގުޅައި މީހަކު ނުފެނި ގާތްގަނޑަކަށް ލިބޭނެ ގޮތަށް ކަންތައްތައް ފަހިވެގެންދިޔުން، މިއީ ހިދުމަތެއް ދިނުމަކީ، މި އަމާޒަށް ވާސިލުވުމަށް އަޅުގަނޑުމެން ރެޔާއި ދުވާލު އެބަ މަަސައްކަތް ކުރަން،" އާޒިމް ވިދާޅުވި އެވެ.

އެގޮތުން މިއަހަރު ނިމުމުގެ ކުރިން ސިޓީ ކައުންސިލުގެ މަސައްކަތްތައް އޮޓޮމޭޓު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި އާޒިމް ވަނީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވައިލައްވައި އެ މައްސަލަ ހައްލު ކުރުމަށް މިދިޔަ ސަރުކާރުން ކުރި މަސައްކަތަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް އާޒިމް ދެއްވި އެވެ.

އޭގެއިތުރުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބުޅަލުގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކަށް ހައްލު ހޯދައިދިނުމަށް ހަދަން ފެށި ކެޓް ޝެލްޓާގެ މަސައްކަތް 70 އިންސައްތަ ނިމިފައިވާކަން އާޒިމް ފާހަގަކުރެއްވި އެވެ.

އަދި މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ހުޅުމާލޭގެ ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފިޔަވަހީގައި ޕާކިންއަށް ހާއްސަކޮށް ޖާގަތަކެއް ކަނޑައަޅައިދިނުމަށް ސަރުކާރަށް އާޒިމް ގޮވައިލެއްވި އެވެ. މިހާރު ހިއްކާ ނިމިފައިވާ ގިރާވަރާއި ގުޅީފަޅުގެ ޕްލޭންގައި ވެސް ޕާކިންއަށް ހާއްސަ ޖާގަ ކަނޑައެޅުމަށް އާޒިމް ސަރުކާރަށް ގޮވައިލެއްވި އެވެ.

މިރޭގެ ބައްދަލުވުމަކީ މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ދެވަނަ ބައްދަލުވުމެވެ. ރައްޔިތުންގެ ބައްދަލުވުންތަކަކީ ލާމަރުކަޒީ ގާނޫނުން ކޮންމެ އަހަރު ވެސް ބޭއްވުން ލާޒިމު ކުރާ ބައްދަލުވުންތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox