ސިޔާސަތު އެކުލަވާލަން ހުރަސްއެޅޭ ކަަމަށް ބުނެ، އެޑިއުކޭޝަންގެ ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު!

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ ސިއްރުކޮށްފަ - ފޮޓޯ:

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު: އެ މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ ސިއްރުކޮށްފަ - ފޮޓޯ:

ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކުރަން އެ މިނިސްޓްރީން ނިންމައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ވާނީ، ނޮވެމްބަރު 17, 2023 އިން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީއަށް އައްޔަން ކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ހޯދުމަށް އެދިފަ އެވެ.

އެ މިނިސްޓްރީން މި ރިކުއެސްޓަށް ފުރަތަމަ ޖަވާބެއް ދިނީ މެއި 9، ގަ އެވެ. އެފަހަރު އެޑިއުކޭޝަނުން ބުނީ އެ މައުލޫމާތު ރައީސް އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގެ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު އަދާހަމަ ނުވުމާއި، އެ ސައިޓުގައި އާންމުކުރަނީ ޑެޕިއުޓީ މިނިސްޓަރުން ފެށިގެން މަތީ މަގާމުތަކުގެ މައުލޫމާތު ކަމުން މި ނޫހުން ވާނީ އެ ޖަވާބު މުރާޖައާ ކުރުމަށް ފޮނުވާފަ އެވެ. އެ ހުށަހެޅުމަށް ޖަވާބެއް ނުލިބުމުން އިންފޮމޭޝަން ކޮމިޝަނަރު ގެ އޮފީސް (އައިކޮމް) އަށް މައްސަލަ ވާނީ ހުށަހަޅާފަ އެވެ.

އެ މައްސަލާގެ އަޑުއެހުމެއް ތާވަލުކުރުމާއެކު ޖުލައި 18، ގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދެވަނަ ޖަވާބެއް ދީފަ އެވެ.

އެ ޖަވާބުގައި ބުނެފައިވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ "31 ވަނަ މާއްދާގެ (1) ވަނަ ނަންބަރަށް ރިއާޔަތްކޮށް އެދިލައްވާފައިވާ މައުލޫމާތު ދެވެން ނެތް," ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށް ދީފައިވާ ޖަވާބު
އެޑިއުކޭޝަން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށް ދީފައިވާ ޖަވާބު

އެޑިއުކޭޝަން މިނިސްޓްރީން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށް ދީފައިވާ ޖަވާބު

މިނިސްޓްރީން ރިއާޔަތްކުރި މާއްދާގެ ނަންބަރަކީ ނަތީޖާ ހާސިލުކުރެވޭ ގޮތެއްގައި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމަށް ހުރަސްއެޅޭފަދަ މައުލޫމާތެއް ސިއްރުކުމުގެ ބާރު ލިބިދޭ ނަންބަރެވެ.

އެޑިއުކޭޝަނުން ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރުކޮށްފައިވާއިރު މި ސަރުކާރުގައި ހިމެނޭ 22 ވުޒާރާގެ ތެރެއިން 13 ވުޒާރާއަކުން ވަނީ އެ އަދަދުތައް މި ނޫހާ ހިއްސާކޮށްފަ އެވެ. އެޑިއުކޭޝަން ފިޔަވައި ބާކީ މިނިސްޓްރީތަކުން ހުށަހެޅުމަށް ޖަވާބުދީފައި ނުވެ އެވެ.

މި ސަރުކާރު ވެރިކަމަށް އައީ ސިޔާސި މުވައްޒަފުންގެ އަދަދު 700 އަށްވުރެ ގިނަ ނުކުރާނެ ކަމަށް ވައުދުވަމުންނެވެ. އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި މި އަަދަދު މިހާރު 2,000 އާ ގާތްކުރާނެ އެވެ.

ނަމަވެސް ސަރުކާރުން ދަނީ ތަކުރާރުކޮށް ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން ފަސްކޮށް އެކަމާ ދެކޮޅު ހަދަމުންނެވެ. އެކަން ކުރުމަށް ގޮވާލާ މިދިޔަ ހަފުތާ އިދިކޮޅުން މަޖިލީހަށް ވެއްދި ކުއްލި މައްސަލަ ވެސް ޕީއެންސީގެ ސުޕަ މެޖޯރިޓީން ވަނީ ބޭރުކޮށްލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox