ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން 300،000 އަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޑީޖޭއޭގެ އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން 300،000 އަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކް ހެޑްގެ ގޮތުގައި ހުރެ ރިޝްވަތު ނެގި ކަމަށް އިއުތިރާފުވުމުން، ބޮޑު އަދަދަކުން ޖޫރިމަނާކޮށް ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލާގައި ހ. ސަމާހިލް، ހައިލަމް މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތިން ދައުވާއަކާއި ރިޝްވަތު ހިފުމުގެ ދައުވާއެކެވެ.

ދައުވާތަކުގައި ބުނާ ގޮތުން އޭނާ ވަނީ ޑީޖޭއޭން ހިންގި ޕްރޮކިއުމަންޓްތަކަށް މީނާއާ ގުޅުން އޮތް ހަތަރު ކުންފުންޏަކަށް އެކަނި ކޯޓޭޝަން ހޯދައިފަ އެވެ. އެ ވިޔަފާރިތައް ހިންގަނީ އެއް ބަޔަކު ކަން އެނގި ހުރެ، ޑީޖޭއޭއަށް ބޭނުންވާ އޭސީއާއި، އޭސީ މަރާމާތުގެ ހުރިހާ މަސައްކަތެއް އެއިން އެއް ކުންފުންޏަށް ހަވާލުކޮށްފަ އެވެ.

Advertisement

އޭގެ ތެރޭގައި ހިމެނޭ އެހެން ކުންފުންޏެއްގެ ނަމުގައިވާ އެކައުންޓުން އޭނާގެ އެކައުންޓަށް 5،000 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ވެސް ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެ އެވެ.

ހައިލަމް ވަނީ ދައުލަތުން އުފުލާފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފުވެފަ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ރިޝްވަތުގެ ދައުވާއަށް ކަނޑައެޅި އަދަބަކީ 56،200 ރުފިޔާއިން ޖޫރިމަނާ ކުރުމަށާއި 40 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށެވެ.

މަގާމުގެ ނަހަމަ ބޭނުން ކުރުމުގެ ތިން ދައުވާއަށް ޖުމުލަ 120 ގަޑިއިރު މުޖުތަމައަށް ހިދުމަތް ކުރުމަށް ހުކުމްކޮށްފައިވެ އެވެ. އަދި ޖޫރިމަނާގެ ގޮތުގައި 82،200 ރ. ދެއްކުމަށް ހުކުމްކޮށްފައިވެ އެވެ.

ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމުލަ 241،244 ރ. ދެއްކުމަށް ހުކުމްތަކުގައިވެ އެވެ.

އެހެންކަމުން ކުރިއަށް އޮތް ދޮޅު އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ޖުމުލަ 379،644 ރ. ދެއްކުމަށް ކްރިމިނަލް ކޯޓުން ނެރުނު ހުކުމުތަކުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox