ހުލާސާކޮށް އިއްޔެ: މުލީގައި ކަރަންޓު ނެތް މައްސަލައިގައި އެޗްއާރުސީއެމްގެ ކަންބޮޑުވުން

މ. އަތޮޅު މުލި. -- ފޮޓޯ: އަދަދު

މ. އަތޮޅު މުލި. -- ފޮޓޯ: އަދަދު

މ. މ.މުލީ ރޭ ވެސް ކަރަންޓު ނެތި ކަނު އަނދިރީގައި ރައްޔިތުން ހޭދަކުރިއިރު، ކަރަންޓު ފަދަ އަސާސީ ހައްގަކުން މަހުރޫމުވުމުން މި މައްސަލައިގައި އެޗްއާރުސީއެމްއިން ކަންބޮޑުވުން ފާޅުކުރި އެވެ.

މުލިން "އަދަދު"އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި އެއްގޮތަކަށް ވެސް ކަރަންޓް ނުލިބި އެރަށު ރައްޔިތުން މިރޭ ތިބީ ވަރަށް ބޮޑު ހާސްކަމެއްގަ އެވެ. ސައްވީސްގަޑިއިރު ކަރަންޓް ލިބެން ފެށި ފަހުން އެއްގޮތަކަށް ވެސް ކަރަންޓް ނުލިބި މިހާ ގިނަ ވަގުތު ހޭދަކުރާ މިއީ ފުރަތަމަ ފަހަރު ކަމަށް ވެސް އެމީހުން ބުންޏެވެ.

މުލީ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތް ލިބުން ލަސްވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކުރި އެވެ.

ސޯޝަލް މީޑިއާ އެކްސްގައި އެ ކޮމިޝަނުން ކުރި ޕޯސްޓެއްގައި ބުނީ ކަރަންޓުގެ ހިދުމަތްފަދަ އަސާސީ ހައްގެއް ދިގު މުއްދަތަކަށް ރައްޔިތުންނަށް ނުލިބި މެދުކެނޑިފައިވުމަކީ އެކަމުގެ ސަބަބުން އެހެނިހެން އަސާސީ ހައްގުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމެއްކަމުގައިވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ކަމާގުޅުންހުރި އެންމެހާ އިދާރާތަކަށް ގޮވައިލަން. އަދި މި މައްސަލައަށް ހައްލެއް ލިބުމާއިހަމައަށް މިކަން ކޮމިޝަނުން ވަރަށް ގާތުން މޮނީޓަރ ކުރަމުންދާނެ ކަމުގައި ދަންނަވަން،" އެޗްއާރްސީއެމްގެ ޕޯސްޓްގައި ބުންޏެވެ.

މުލިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ މައްސަލަ ކޮމިޝަނުގެ ސަމާލުކަމަށް އައުމާއި ގުޅިގެން އެކަން މޮނީޓަރކުރަމުން އަންނަ ކަމަށާއި އިދާރާތަކާއިއެކު މަޝްވަރާކޮށް އަވަސްހައްލެއް ލިބޭތޯބަލަމުން އަންނަ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.

މ. އަތޮޅުގެ ވެރިރަށް، މުލީގައި ކަރަންޓު ކެނޑިފައި އޮތުމުގެ ސަބަބުން ރަށުގައި ހުރި ސަރުކާރު އޮފީސްތަކާއި ސްކޫލްގެ ކިޔެވުން އިއްޔެ ނެތެވެ.

"ކަރަންޓު ނެތި އޮފީސްތައް ނުހިންގޭނެ. ސްކޫލުގައި ކިޔެވުން ވެސް ބަންދުކުރީ އެހެންވެ. އަދި ކަރަންޓު ނެތުމުން އާންމު ވިޔަފާރިތަކަށް ވެސް ގެއްލުންތައް އެބަ ލިބޭ. އައިސްކޮށްފައި ބަހައްޓަންޖެހޭ ތަކެތި ހަލާކު ވަމުން އެބަދޭ،" ކައުންސިލްގެ ރައީސް ޝަމްއޫން ރަމީޒު ވިދާޅުވި އެވެ.

ޝަމްއޫން ވިދާޅުވި ގޮތުގައި ކަރަންޓު ދިޔައީ ލޯޑު ބޮޑުވުމުގެ ސަބަބުން، ޖަނަރޭޓަރު ސެޓެއް ހަލާކުވެގެންނެވެ.

އެ ރަށަށް ކަރަންޓުގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު "އަދަދު" އަށް ވިދާޅުވީ ކަރަންޓު ދިޔައީ ޖަނަރޭޓަރު ސެޓަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. އެ ރަށަށް ގެންގޮސްފައި ހުރި އާ ޖެންސެޓު ގުޅުމުގެ މަސައްކަތްކޮށް، މިއަދު މުޅި ރަށަށް އަލުން ކަރަންޓު ދެވޭނެ އޭނާ ވިދާޅުވި އެވެ.

މުލީ އާބާދީއަކީ 1014 އެވެ. އެއީ 520 ފިރިހެނުންނާއި 492 އަންހެނުންނެވެ. އަތޮޅު ހޮސްޕިޓަލް އެ ރަށުގައި ހިންގަމުން އަންނައިރު، މިހާރު ވަނީ އެއާޕޯޓެއް ވެސް ތަރައްގީކޮށް، ރަށުގެ އިގުތިސޯދު ފުޅާކޮށްފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox