ބަންގްލަދޭޭޝްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުގައި އުޅޭ އަދި އެ ގައުމަށް ދަތުރުކުރާ ދިވެހިން ސަމާލުވުމަށް ދިވެހި ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
ބަންގްލަދޭޝްގައި ކޮލެޖު ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، 25 އަށްވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ. އެ މުޒާހަރާ ކުރަމުންދަނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި ބަންގްލަދޭޝް ސިފައިންގެ އާއިލާތަކަށް ސަރުކާރުގެ ވަޒީފާތަކުގެ 30 ޕަސެންޓު ދޭން ނިންމުމާ ގުޅިގެންނެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް މިދަނޑިވަޅުގައި ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ކިޔަވާކުދިންނާއި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ފޮރިން މިނިސްޓްރީން އެވެ. އެއީ 8801329748885+ ނުވަތަ 8801708120318+ ނަންބަރު ފޯނު އެވެ.














