މާލެ ސިޓީ ކައުންސިލުން ލަފާ ދިނީ ވީހާ ވެސް އަވަހަށް ހައްގުވެރިންނަށް ފުލެޓު ދޭން

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން މިއަދު ބޭއްވި ރަސްމީ އާންމު ޖަލްސާ -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިއަށް ގެންދިޔުމަށާއި އެ ލިސްޓުގައި ތިބި ފުލެޓު ހައްގުވާ މީހުންނަށް ވީހައިވެސް އަވަހަކަށް ފުލެޓުތައް ހަވާލު ކުރުމަށް ހައުސިން މިނިސްޓަރީއަށް ލަފާ ދޭން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފި އެވެ.

އެގޮތަށް ލަފާ ދިނުމަށް ނިންމީ މިއަދު އެ ކައުންސިލުން ކުރިއަށް ގެންދިޔަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 10 ކައުންސިލަރުންގެ ތެރެއިން ނުވަ ކައުންސިލަރުންގެ ތާއީދާ އެކު އެވެ. އެގޮތަށް ލަފާ ދިނުމަށް ދެކޮޅު ހެއްދެވީ ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޮޅީ އުތުރު ދާއިރާގެ ކައުންސިލަރު، ސައީދާ ރަޝާދު އެވެ.

މާލެ ސިޓީ ކައުންސިލުން ހައުސިން މިނިސްޓަރީއަށް ލަފާ ދޭން ނިންމީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން އިއުލާނު ކުރި ފުލެޓު ލިސްޓުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލައި ތަހުގީގު ކުރުމަށްފަހު ދީފައިވާ އިރުޝާދުތަކަށް އަމަލު ކުރަން ފެންނަ ގޮތަކާ މެދު މާލެ ސިޓީ ކައުންސިލުގެ ލަފަޔަކަށް އެދި ހައުސިން މިނިސްޓަރީން ފޮނުވި ސިޓީއާ ގުޅިގެންނެވެ.

ހައުސިން މިނިސްޓަރީން އެދުނު ގޮތަށް ސިޓީ ކައުންސިލުން އެކުލަވައިލި ހައުސިން ކޮންސަލްޓޭޓިވް ކޮމެޓީން ފާސްކުރި ރިޕޯޓާ މެދު މިއަދުގެ ބައްދަލުވުމުގައި ބަހުސް ކުރަމުން މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމް ވިދާޅުވީ ފުލެޓު ލިބޭނެކަމަށް ބުނެ ސަރުކާރަކުން ލިޔުމެއް ހަވާލު ކޮށްފައި ތިބި ބަޔަކަށް އެއްވެސް ސަބަބަކާ ހުރެ ފުލެޓު ނުލިބޭނެ ކަމަށް ކަނޑައަޅާ ނަމަ އެ މީހަކު ކަމާބެހޭ ވުޒާރާއަށް ހާޒިރުކޮށް ފުލެޓު ލިސްޓަށް އޭނާގެ ޝަރުތު ހަމަނުވާ ސަބަބު ކިޔައިދެވެން ވާނެ ކަމަށެވެ.

"އަޅުގަނޑު އެދެން އެ ރިޕޯޓުގައި ލިޔަން، ވަކި ފަރުދަކަށް މި [ފުލެޓު] ނުލިބެނީ މި ސަބަބަށް ކަމަށް އޭނާއަށް ޔަގީންވާ މިންވަރަށް ނުވަތަ އޭނާއަށް ވިސްނޭ ވަރަށް އެކަން ކޮށްދޭން، އެހެން ނޫނިއްޔާމުން އަޅުގަނޑުމެން ނޫނީ މިކަން ކުރާ ބަޔަކު އަމިއްލަ އަމިއްލައަށް މިތިބަ މީހުން މީގައި ނުހިމެނޭ ބަޔެކޭ ނުވަތަ ގޯސް ޑޮކިއުމެންޓު ލައިގެން ހޮވުނު ބަޔެކޭ ކިޔާ ބަހައްޓާފައި އެކަން ކޮށްފިއްޔާ ވަރަށް ބޮޑު ރޫމެއް ހުޅުވިގެން އެދިޔައީ އެއަށް ބޭނުންހާ ބަޔަކު ލައިގެން ބޭނުންހާ ބަޔަކަށް ފުލެޓުތައް ބަހާލަން،" އާޒިމް ވިދާޅުވި އެވެ.

އެ މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ފުލެޓު ލިސްޓު ފުރަތަމަ އެކުލަވައިލި ގޮތަށް ފުލެޓު ދޭން ނުފެންނަ ކަމަށާއި ފުލެޓު ލިބެން ޖެހޭނީ ހަގީގަތުގައި ވެސް މާލޭގައި ދިރިއުޅޭ ހައްގުވެރިންނަށް ކަމަށެވެ.

އޭގެ އިތުރުން ސައިފް ވިދަޅުވީ ގޯހުން ފުލެޓު ލިސްޓުގައި ކަންތައްތަކެއް ހުރި ނަމަވެސް އޭގައި ގިނަ ވާނީ ރަނގަޅަށް ހުރި ނަންތައް ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި މިހާރުވެސް ފުލެޓު ލިސްޓާ މެދު ގޮތެއް ނިންމުން މާބޮޑަށް ލަސްވެއްޖެ ކަމަށެވެ.

"އަޅުގަނޑު އެދެން އަޅުގަނޑުމެންގެ ރިކޮމެންޑޭޝަންގެ ތެރޭގައި ވެސް އޮތުން ކޮމެޓީގެ ރިކޮމެންޑޭޝަނުގެ ތެރޭގައި ވެސް އޮތުން، ފުލުހުންނާއި އޭސީސީއާއި އަދިވެސް ކަމާބެހޭ ތަންތަނުން ބައްލަވާފައި، އެ ބޭފުޅުން އެ ރިކޮމެންޑު ކުރާ ގޮތަކަށް އަޅުގަނޑުމެން ވެސް ތަބާވެގެން ތާއީދު ކޮށްގެން އަޅުގަނޑުމެން އަވަހަށް ވަޑައިގަތުމަށް ދަންނަވާއިރުގައި، ރަނގަޅަށް ހުރި މީހުންނަށް އަވަހަށް ހަވާލު ކުރަން އޭގައި އޮންނަން ޖެހޭނެ، މި ކައުންސިލުން ރިކޮމެންޑޭޝަނެއް ކުރާ ކަމަށްވަންޏާ އަވަހަށް ހަވާލު ކުރަން ރަނގަޅަށް ހުރި މީހުންނަށް،" ސައިފް ވިދާޅުވި އެވެ.

"ލަސްވެއްޖެ، މާބޮޑަށް ވެސް ލަސްވެއްޖެ،"

ފުލެޓު ލިސްޓާ މެދު ހައުސިން މިނިސްޓަރީން އަމަލު ކުރަން މާލެ ސިޓީ ކައުންސިލަށް ފެންނަ ގޮތުގެ ރިޕޯޓު ފާސް ކުރީ އެ ސައިފްއާއި މޭޔަރުގެ ހުށަހެޅުން ހިމަނައިގެންނެވެ.

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކުރެވި މަސައްކަތް ފަށާފައި ވަނީ 4000 ފުލެޓުގެ އެވެ.

ރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.

އޭގެ ފަހުން ފުލެޓު ލިސްޓުގެ މައްސަލަ ބަލަން ހައުސިން މިނިސްޓަރީން ވަނީ ފުލެޓު ކޮމެޓީއެއް ވެސް އެކުލަވައިލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox