ޝަރުތު ހަމަވާ މީހަކު ކުރިމަތިނުލުމުން މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލު

ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ: މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލްކޮށްފި - ފޮޓޯ: އަދަދު

ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ފެކްޓަރީގައި މަސްވެރިން މުޒާހަރާކުރަނީ: މިފްކޯއަށް ސީއީއޯއެއް ހޯދަން ކުރި އިއުލާނު ބާތިލްކޮށްފި - ފޮޓޯ: އަދަދު

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް ބޭރުގެ ޗީފް އެގްޒެކެޓިވް އޮފިސަރެއް (ސީއީއޯ) ހޯދަން ޖޫން 26, ގައި ކުރި އިއުލާން ބާތިލުކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ އެ އިއުލާނު ބާތިލުކުރަން ނިންމީ ޝަރުތު ހަމަވާ ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ކަމަށެވެ.

ސީއީއޯ ކަމަށް ޝައުގުވެރިވާ މީހުން ސީވީއާއި ސެޓިފިކެޓުތަކުގެ އިތުރުން ރިފަރެންސް ސިޓީތައް ފޮނުވުމުގެ ސުންގަޑިއަކަށް ބާތިލުކުރި އިއުލާނުގައި އޮތީ އިއްޔެ މެންދުރު 2:00 އެވެ.

އެ އިއުލާނު ބާތިލުކުރިއިރު، އެ މާގަމަށް ކުރިމަތިލެއްވިކަން އާންމުކޮށް އިއުލާނުކޮށްފައިވަނި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާތިފް ޝަކޫރެވެ. އާތިފް ވަނީ މިފްކޯގެ ޑެޕިއުޓީ ސީއީއޯ ކަމާއި އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އިސްވެރިޔާގެ މަގާމުވެސް މީގެ ކުރިން އަދާކޮށްފަ އެވެ.

މިފްކޯއަށް އާ ސީއީއޯއެއް ހޯދަން އިއުލާން ކޮށްފައި ވަނީ އެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހުގެ މައްޗަށް ކުރެވުނު ތުހުމަތުތަކާއެކު މެއި 21، ގައި އޭނާ ވަކި ކުރަން ޕީސީބީން ނިންމުމާ ގުޅިގެންނެވެ. އޭނާ ވަކިކުރީ ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކުރުމަށްފަހު އެވެ.

ޝަމާހުއަށް ތުހުމަތުކުރެވުނު މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް ގާތް ތިމާގެ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެ އެވެ. އެކަމަކު މި މައްސަލައިގައި އެސްއޯއީ ކޮމިޓީން ޕީސީބީ ހާޒިރުކޮށްގެން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގައި ޝަމާހު މި ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ.

މިފްކޯ ގެއްލުމުގައި ހިންގަމުން އަންނައިރު، އެ ކުންފުނިން މަސްވެރިން އަތުން ގަންނަ މަހަށް ފައިސާ ނުދޭ މައްސަލަ ބޮޑުވެ އެންމެފަހުން ސަރުކާރުން ވަނީ ރިޔާސީ ވައުދާ ހިލާފަށް މަސް ގަންނަ އަގު 16ރ. އަށް ދަށްކޮށްފަ އެވެ. ސަރުކާރު ވެރިކަމަށް އައީ 20ރ. އަށްވުރެ ރޭޓު ދަށްވިޔަ ނުދިނުމަށް ޕްލޭނެއް އޮތް ކަމަށް ބުނެ އެކަން އެގޮތަށް ކުރާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox