ފްލެޓް ލިބުން ލަސްވާތީ ޖަމިއްޔާތަކުގެ ކަންބޮޑުވުން މޭޔަރު އާޒިމްއާ ހިއްސާކޮށްފި

ފްލެޓް ލިބުން ލަސްވާތީ މޭޔަރާ ޖަމިއްޔާތަކުން ބައްދަލުކުރެއްވުން: ބައްދަލުވުމުގައި މޭޔަރާ ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފައި

ފްލެޓް ލިބުން ލަސްވާތީ މޭޔަރާ ޖަމިއްޔާތަކުން ބައްދަލުކުރެއްވުން: ބައްދަލުވުމުގައި މޭޔަރާ ވަނީ ކަންބޮޑުވުންތައް ހިއްސާކޮށްފައި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުން ލަސްވާތީ ޖަމިއްޔާތަކުން މާލެ ސިޓީގެ މޭޔާރު އާދަމް އާޒިމްއާ މިއަދު ކަންބޮޑުވުންތައް ހިއްސާކޮށްފި އެވެ.

ކުރީގެ ސަރުކާރުން ދޫކުރި 4000 ފްލެޓު އަދިވެސް ސަރުކާރުން ދޫނުކުރާތީ ކަންބޮޑުވުން ފާޅު ކުރީ މާލެ ރަށްވެހިންގެ ޖަމިއްޔާ، ގިރާވަރު މާލެ ސިޓިޒެންސް އެސޯސިއޭޝަން، ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަން، ހުޅުމާލެ ކޮމިއުނިޓީ އަދި ފަހި ޔޫނިއަން އެވެ.

ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މޭޔަރުކަމާ އޭނާ ހަވާލުވިއިރު ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކޮށްދިނުމަށް ކަމަށާއި އެކަމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

"ކައުންސިލް މެންބަރުން ވަރަށް ބޮޑަށް މަސައްކަތް އެބަ ކުރައްވާ އަންނަ ބުދަ ދުވަހު އެއަށް ގޮތެއް ނިންމާ އަޅުގަނޑުމެންގެ ލަފާ ހައުސިން މިނިސްޓްރީއަށް ފޮނުވަން،" އޭނާ ވިދާޅުވި އެވެ.

ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިއު ކުރުމަށްފަހު އާންމު ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ފްލެޓް ލިބިފައި ތިބި މީހުންނަށް ލަސްނުކޮށް ފްލެޓްތައް ހަވާލު ކުރުމަށާއި ބިންތައް ހަވާލު ނުކުރެވި ތިބި މީހުންނަށް ވީހާވެސް އަވަހަށް ބިންތައް ހަވާލު ކުރުމަށް ވެސް އާޒިމް ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ތަންފީޒުކޮށް، ހާލުގައި ދިރިއުޅެމުން އަންނަ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވެހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox