ޓްރީޓޮޕް ހޯމްކެއާ ފިޒިއޯތެރަޕީ: ހޮސްޕިޓަލަށް ނުގޮސް، ވަގުތު ސަލާމަތްވޭ

ޓްރީޓޮޕުން ފިޒިއޯތެރަޕީގެ ހިދުމަތް ދިނުން: ޓްރީޓޮޕުން ވަނީ އެ ހިދުމަތް ގެއަށް ގޮސް ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އަދަދު

ޓްރީޓޮޕުން ފިޒިއޯތެރަޕީގެ ހިދުމަތް ދިނުން: ޓްރީޓޮޕުން ވަނީ އެ ހިދުމަތް ގެއަށް ގޮސް ހިދުމަތް ދޭން ފަށާފައި -- ފޮޓޯ: އަދަދު

ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހޯމްކެއާ ފިޒިއޮތެރަޕީ ހިދުމަތުން ބަލި މީހުންނަށް ހޮސްޕިޓަލަށް ނުގޮސް، ގެއިން ބޭނުންވާ ފަރުވާ ހޯދަން ފުރުސަތު ލިބެ އެވެ.

ހޯމްކެއާގެ ދަށުން ޓްރީޓޮޕުން އަންނަނީ ޕޯސްޓް ސާޖިކަލް ރިހެބިލިޓޭޝަން، ސްޓްރޯކް ރިހެބިލިޓޭޝަން އަދި ކްރޯނިކް ރިހެބިލިޓޭޝަންގެ ހިދުމަތް ދެމުންނެވެ.

މި ހިދުމަތް އަމާޒުކޮށްފައި ވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި ތަދު ތަކަށް ދިގު މުއްދަތަށް ފަރުވާ ހޯދާ ފަރާތްތަކާއި، ސާޖަރީ އަށް ފަހު ފިޒިއޯ ބޭނުންވާ ފަރާތްކާއި އަދި އެހެނިހެން އަނިޔާތަކާހުރެ ހިނގާބިނގާވެ އުޅުމަށް ދަތިވާ ފަރާތްތަކަށެވެ.

ޓްރީޓޮޕްގެ ޗީފް ރިހިބިލިޓޭޓިވް ތެރަޕިސްޓް ޑރ. ރަމޭޝް ބާބޫ މަނިވައްނަން "އަދަދު" އަށް ވިދާޅުވީ އެ ހިދުމަތުގެ ސަބަބުން ފިޒިއޯތެރަޕީ ހެދުމަށް ހޮސްޕިޓަލަށް ދާން އުނދަގޫވާ ފަރާތްތަކަށް ލުޔެއް ލިބޭނެ ކަމަށެވެ.

"މި ހިދުމަތް މި ދެނީ ހުރިހާ އުމުރުފުރާތަކަށް އަދި ހުރިހާ ޖިންސަކަށް. ފުރަތަމަ މި ހިދުމަތް ދެނީ މާލެއަށް. ކުރިއަށް އޮތްތަނުގައި ހޯމްކެއާ ހިދުމަތް ފުޅާކޮށް އެހެން ތަންތަނަށް ވެސް ދޭނެ. އަދި އާ ހިދުމަތްތައް ވެސް ހޯމްކެއާގެ ދަށުން ތައާރަފްކުރާނެ،" ރަމޭޝް ވިދާޅުވި އެވެ.

ހިދުމަތް މިހާތަނަށް ގިނަ ބަޔަކު ހޯދާފައިވާކަން ފާހަގަކޮށް ރަމޭޝް ވިދާޅުވީ ހޮސްޕިޓަލަށް ނައިސް ވަކި ގަޑިއެއްގައި ގެއިން ހިދުމަތް ލިބޭތީ ގިނަ ބަޔަކަށް ހިތްހަމަޖެހުން ލިބިފައިވާ ކަމަށެވެ.

ހޯމްކެއާ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

ހެނދުނު: 7:00 އިން 9:00 އަށް

ރޭގަނޑު: 8:00 އިން 10:00 އަށް

މި ހިދުމަތް ފުރަތަމަ މާލޭ ސަރަހައްދަށް ތައާރަފުކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އެހެން ސަރަހައްދުތަކަށް ވެސް ހިދުމަތް ފުޅާކުރާނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 3351610 އަށް ގުޅުމަށް ޓްރީޓޮޕުން ވަނީ އެދިފަ އެވެ. އަދި ހިދުމަތަށް އެދުމުން، އެޕޮއިންޓްމަންޓް ހަމަޖެހޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox