ކަނޑުގެ ދިރާސާތަކުގައި އެކުގައި މަސައްކަތް ކުރަން ޗައިނާގެ އިންސްޓިޓިއުޓަކާއެކު މަޝްވަރާކޮށްފި

ތިމާވެށީގެ ވުޒާރާއިން ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނަލޮޖީ އާއެކު ބޭއްވި ބައްދަލުވުން - ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ތިމާވެށީގެ ވުޒާރާއިން ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނަލޮޖީ އާއެކު ބޭއްވި ބައްދަލުވުން - ފޮޓޯ: އެންވަޔަރަމަންޓު މިނިސްޓްރީ

ކަނޑުގެ ދިރާސާތައް ކުރުމުގައި އެކުގައި މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ޗައިނާގެ ސައުތު ޗައިނާ ސީ އިންސްޓިޓިއުޓް އޮފް އޯޝަނަލޮޖީ (އެސްސީއެސްއައިއޯ) އާއެކު މަޝްވަރާކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ރަސްމީ އެކްސް އެކުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި މަޝްވަރާތަކުގައި އެ މިނިސްޓްރީގެ ފަރާތުން ބައިވެރި އިސް އޮފިޝަލުންގެ ޓީމު ލީޑުކުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ނާޒިމް ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރި ކަންކަމުގެ ތެރޭގައި މިނިސްޓްރީން ފާހަގަކޮށްފައިވަނީ ތިމާވެށީގެ މަސައްކަތަކާއި ކަނޑުގެ ދިރާސާތަކުގައި ދިވެހި ސަރުކާރުން އެސްސީއެސްއައިއޯ އާއެކު މަސައްކަތް ކުރެވޭނެ ގޮތްތަކެވެ.

އެ އިންސްޓިޓިއުޓަކީ 1959 އިން ފެށިގެން ކަނޑުގެ ދިރާސާތައް ކުރުމަށް ޗައިނާގެ ސައިންސް އެކަޑަމީގެ ދަށުން ހިންގާ އިދާރާއެކެވެ. އެ އިދާރާގެ ވެބްސައިޓުގައި ބުނާގޮތުން އެސްސީއެސްއައިއޯ އިން ދިރާސާކުރާ ސަރަހައްދުތަކުގެ ތެރޭގައި ދެކުނު ޗައިނާ ކަނޑާއި ރާއްޖެ ހިމެނޭ އިންޑިއާ ކަނޑުގެ އިތުރުން ޕެސިފިކް ކަނޑުވެސް ހިމެނެ އެވެ.

އެ އިދާރާގެ ތިން މައި އުޅަނދު ބޭނުންކޮށްގެން 400 އަށްވުރެ ގިނަ ސައިންސުގެ ތަހުގީގުތައް ކޮށްފައިވާނެ ކަމަށައި ވޭތުވެދިޔަ އަހަރުތަކުގައި އިންޑިއާ ކަނޑުގެ އިރުމަތީ ސަރަހައްދުގައި އެ އިދާރާއިން އޮބްޒަވޭޝަނަލް ނެޓްވޯކެއް ގާއިމުކޮށްފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައިވެ އެވެ.

މި ސަރުކާރުން މިފަދަ މަޝްވަރާތަކެއް ކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހި ކަނޑުގެ މުއްސަނދިކަން އެނގެން ޖެހޭނީ ހަމައެކަނި ދިވެހިންނަށް ކަމަށް ވިދާޅުވެފައި ވަނިކޮށެވެ. ޕީއެންސީ ކޯލިޝަނުން އިދިކޮޅުގައި އޮތްއިރު އެންމެ ބޮޑަށް ފާޑުކީ ކުރީ ސަރުކާރުން އިންޑިއާއާއެކު ކަނޑުގެ ދިރާސާ ކުރުމަށް ހެދި އެއްބަސްވުމުގެ ސަބަބުންނެވެ.

އެއީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެ މި ސަރުކާރުން ވަނީ އެ އެއްބަސްވުން އާ ނުކުރާން ނިންމާ މި ޖޫން މަހުގެ ފަހުން އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލަން ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ކަނޑުގެ ދިރާސާތައް ކުރުމުގެ ގާބިލުކަން ދިވެހި ދައުލަތުގައި ގާއިމުކުރާނެ ކަމަށް ވެސް ސަރުކާރުން ބުނެފަ އެވެ.

"ހަމަ އެހެންމެ، ރާއްޖޭގެ ކަނޑުއަޑީގެ ބަތާނަ އެހެން ދައުލަތަކުން ހޯދައި ކުރެހުމަކީ ދިވެހީންނަށް މަސްލަހަތު ހުރި ކަމެއް ނޫން. ދިވެހި ކަނޑުތަކުގެ މުއްސަނދިކަން ދެނެގަތުމަކީ ދިވެހީންގެ ހައްގެއް. ދިވެހީންގެ ގައުމީ ވާޖިބެއް. އެ ސަބަބަށް ޓަކައި އިންޑިޔާއާ އެކު ވެފައިވާ ހައިޑްރޯގްރެފިކް އެއްބަސްވުމުގެ މުއްދަތު އިހަށް ދުވަހު ހަމަވުމުން، އެ އެއްބަސްވުން އަލުން ކުރިޔަށް ނުގެންދަން ނިންމައި އެ ކަން ވާނީ އިންޑިޔާ ސަރުކާރަށް އަންގައިފައި. ދިވެހި ކަނޑުތައް ކުރަހާނީ ދިވެހީން،" ޑިސެމްބަރު 16، 2023، ގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރަށް ގިނަ ދުވަސްތަކެއް ނުވެ ޗައިނާގެ ކަނޑުގެ ދިރާސާ ކުރާ އުޅަނދެއް ވަނީ ދެތިން މަސްވަންދެން ރާއްޖޭގެ އީއީޒެޑުގެ ބުޑުގައި އެނބުރިފަ އެވެ. އެ ދަތުރުގައި ސަރުކާރުގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން އެ އުޅަނދު މާލޭގައި ބަނދަރުވެސް ކުރި އެވެ.

ސަރުކާރުން އޭރު ބުނީ އެ އުޅަނދުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އެއްވެސް ދިރާސާއެއް ނުކުރާ ކަމަށެވެ. ނަމަވެސް އެ އުޅަނދުން ވަނީ އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ އީއީޒެޑަށްވެސް ވަދެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox