ބައްސާމް ވިދާޅުވީ އޭނާ އެމްއެމްޕީއާރުސީން ވަކިވީ ހަރަދު ކުޑަކުރަން ކަމަށް

Jul 10, 2024, 1:15 PM
ބައްސާމް ވިދާޅުވީ އޭނާ އެމްއެމްޕީއާރުސީން ވަކިވީ ހަރަދު ކުޑަކުރަން ކަމަށް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުން މުހައްމަދު ބައްސާމު އާދަމް ވަކިވީ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ތެރެއިން ކަމަށް ވިދާޅުވެ އޭނާ ސޯޝަލް މީޑީއާގައި ޕޯސްޓެއް ކުރައްވައިފި އެވެ.

ބައްސާމް އާއި އެ ކުންފުނީގައި އެންމެ ގިނަ ދުވަސްވީ މުވައްޒަފު އިބްރާހިމް އާސިމް ވަކިކުރި ސަބަބެއް އެ ކުންފުނިން ވެސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ބަލަހައްޓަމުންދާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވެސް އަދި ނުބުނެ އެވެ. އެކަމަކު އެއީ ހަރަދު ކުޑަކުރުމަށް އެ މަގާމުތައް އުވާލުމަށްފަހު ނިންމި ނިންމުމެއް ކަމަށް ބައެއް މަސްދަރުތަކުން ކިޔައިދީފައިވެ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށް "އެކްސް" ގައި ބައްސާމް ލިޔުއްވާފައިވާ ގޮތުގައި އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އެވެ.

"ރައީސް މުއިއްޒުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ފުރިހަމަ އިހުތިރާމާއެކު އިސްތިއުފާ ދީފިން،" އޭނާ އިސްތިއުފާ ދެއްވި ސަބަބު ކަމަށް އެކްސްގައި ލިޔުއްވާފައިވެ އެވެ.

އެމްއެމްޕީއާރުސީގައި ހޭދަކުރެއްވި ދުވަސްވަރުގައި މުވައްޒަފުންގެ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، ޑެސްޓިނޭޝަން މާކެޓިން ކުރިއެރުވުމަށާއި، ބައިނަލްއަގުވާމީ ޕާޓްނަރޝިޕްތައް ކުރިއެރުވުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް އޭނާ ލިޔުއްވާފައިވެ އެވެ. ލިބުނު ފުރުސަތަށް ޝުކުރު އަދާ ކުރެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައީސް މުއިއްޒަށް ހާއްސަ ޝުކުރެއް ދަންނަވަން، ކުންފުނީގެ އެންމެ އުނދަގޫ ދަނޑިވަޅުގައި ކުންފުނި ހިންގުމަށް އަޅުގަނޑަށް އިތުބާރު ކުރެއްވި ކަމަށް ޓަކައި, އަޅުގަނޑު އުންމީދު ކުރަނީ ކުރިއަށް އޮތް ތަނުގައި ވެސް އެއްބާރުލުން ދީ، މި ސިނާއަތުގެ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުން," އިތުރަށް ލިޔުއްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox