ކުއްލި މައްސަލަތައް ބޭރު ކުރަނީ މައިނޯރިޓީގެ އަޑު ކަނޑުވާލަން؛ އެމްޑީޕީ ޕީޖީ

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޖީ ގްރޫޕުން ވަނީ އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް ބޭރުކޮށްލަނީ މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް ކަމަށް ބުނެފައި -- ފޮޓޯ: މަޖިލިސް

އެމްޑީޕީ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ޕީޖީ ގްރޫޕުން ވަނީ އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް ބޭރުކޮށްލަނީ މައިނޯރިޓީގެ އަޑު ކަނޑުވާލުމަށް ކަމަށް ބުނެފައި -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ހުށަހަޅާ ކުއްލި މައްސަލަތައް ޕީއެންސީ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކުރަނީ މައިނޯރިޓީ ޕާޓީގެ އަޑު ކަނޑުވާލުމަށް ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.

އެމްޑީޕީން މި ހަފުތާގައި ރައްޔިތުންގެ ކަންބޮޑުވުން ހުރި ދެ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. އެއީ ބޭރުގައި ތިބި ދިވެހި ކިޔަވާ ކުދިންނަށް ދޭ ފައިސާ ޖަމާނުކުރާ މައްސަލަ އާއި ދައުލަތުގެ ކުންފުނިތަކުގެ ކުދި ވަޒީފާތަކުން މީހުން ވަކިކޮށް، ބޮޑެތި މުސާރަ ލިބޭ މަގާމުތަކަށް މީހުން އިތުރުކުރާތީ ހުށަހެޅި މައްސަލަ އެވެ.

ޕީއެންސީގެ މެމްބަރުން ނިންމީ މި ދެ މައްސަލަ ވެސް ބަލައިނުގަތުމަށެވެ.

Advertisement

މިކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ އެމްޑީޕީން މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލަ ވަގުތު ބޭކާރު ކުރާ ކަމަށް އުޒުރު ދައްކައި ސަރުކާރު ހިންގާ ޕާޓީން ބޭރުކޮށްލަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކަމަށެވެ.

"އިއްޔެ މަޖިލީހުގެ ބަހުސްގައި އަދި މިއަދު މަޖިލީހުގެ ބަހުސްގައި ވެސް މަޖިލީހުގެ ބައެއް މެންބަރު ހާއްސަކޮށް ޕީއެންސީއަށް ނިސްބަތްވާ މެންބަރުން ކުއްލި މައްސަލަ ގަރާރުފަދަ މައްސަލަތައް މަޖިލީހަށް ހުށަހެޅުން ހަނިކުރަން ނުވަތަ ލިމިޓްކުރުމަށް ނުވަތަ ހުށަނޭޅޭ ގޮތަށް ގަވައިދު އިސްލާހު ކުރުމަށް ބާރު ލިބޭ ގޮތަށް ވާހަކަ ދައްކަމުން ދިޔުމަކީ އަޅުގަނޑުމެން އެމްޑީޕީ ޕީޖީން އިންތިހާއަށް ކަންބޮޑުވާ ކަމެއް އަދި މައިނޯރިޓީގެ އަޑު ކަނޑުވާލާނެކަމުގެ އިޝާރާތެއް ގޮތުގައި ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.

މި ހިނގާ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވީ ނަމަވެސް، މައިނޯރިޓީއަށް ޖާގަ ނުދޭތީ އެކަމާ މެދު މިހާރު ސުވާލު އުފެދޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މި މައްސަލައިގައި ވިދާޅުވީ ރައްޔިތުންގެ ފަރާތުން އަންނަ ކަންބޮޑުވުންތައް މަޖިލީހަށް ހުށަހަޅަން ހުރަސްއަޅަނީ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭތީ ކަމަށް ސަރުކާރުގެ މެންބަރުން ވިދާޅުވާ ކަމަށާއި ނަމަވެސް ސަރުކާރު މެންބަރުން މަޖިލީހުގައި ކުރާ ހަމައެކަނި ކަމަކީ ސަރުކާރަށް ސަނާ ކިޔުން ކަމަށެވެ.

"އެ ބޭފުޅުން ބޭނުންވާ ގޮތަކީ ފްލޯގައި ކުއްލި މައްސަލައެއް ވިޔަސް ގަރާރެއް ވިޔަސް އެހެން އެއްޗެއް ވިޔަސް އެބޭފުޅުންގެ މެންބަރުންނަށް ތެދުވެ ރައީސުލްޖުމްހޫރިއްޔާއަށް ސަނާ ކިޔާ. ސަރުކާރަށް ސަނާ ކިޔާ. އެގޮތަށް ސަނާ ނުކިޔޭ އެއްވެސް ކަމެއް މަޖިލީހުގެ ތެރެއިން ކުރާކަށް އެބޭފުޅުން ބޭނުންނުވާކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ވެސް ފާހަގަވެގެންދިޔަ،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ މެންބަރުން މިފަދައިން އަމަލުކުރެއްވި ނަމަވެސް، އެމްޑީޕީން ކުރަމުންދާ މަސައްކަތަށް މަޑު ޖެހުމެއް ނާންނާނެކަން ފާހަގަކުރައްވާ ނާޒިލް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް މަޖިލިސް ތެރެއިން ގެނެސްދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox