ތަރުކާރީ އާއި މޭވާ ހިފައިގެން އިންޑިއާގެ ފުރަތަމަ ބޯޓު މާދަމާ އައްޑޫގައި ބަނދަރުކުރަނީ

އައްޑޫ ޕޯޓް: ތަރުކާރީއާއި މޭވާ ހިފައިގެން އިންޑިއާގެ ފުރަތަމަ ބޯޓު މާދަމާ އައްޑޫއަށް ވަންނާނެ -- ފޯޓޯ: އެމްޕީއެލް

އައްޑޫ ޕޯޓް: ތަރުކާރީއާއި މޭވާ ހިފައިގެން އިންޑިއާގެ ފުރަތަމަ ބޯޓު މާދަމާ އައްޑޫއަށް ވަންނާނެ -- ފޯޓޯ: އެމްޕީއެލް

އިންޑިއާއިން ޕެރިޝަބަލް ކާގޯ ހިފައިގެންދާ ދާ ފުރަތަމަ ބޯޓު މާދަމާ އައްޑޫ ސިޓީގައި ބަނދަރުކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބުނެފި އެވެ.

އިންޑިއާގެ ޝިޕިން ކުންފުނިތަކާ ގުޅިގެން އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ އަވަހަށް ހަލާކުވާ ޒާތުގެ ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަ ޖެއްސީ އެމްޕީއެލްއާއި ހިތަދޫ ރީޖެނަލް ޕޯޓުން މަސައްކަތް ކޮށްގެންނެވެ.

އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް "އަދަދު" އަށް ވިދާޅުވީ އައްޑޫއަށް ދާ ފުރަތަމަ ބޯޓުން ގެންނާނީ މޭވާ އާއި ތަރުކާރީގެ އިތުރުން ފިޔާ، އަލުވި ބިސް ކަމަށާއި އެ ބޯޓު މާދަމާ ރޭ 08:00 ޖަހާއިރަށް ސ. ހިތަދޫ ޕޯޓަށް ބަނދަރު ކުރާނެ ކަމަށެވެ.

މި ހިދުމަތް ދެމެހެއްޓިނިވި ގޮތެއްގައި އައްޑޫގެ ރައްޔިތުންނަށް ދިނުމަށް ކޮންމެ 15 ވަރަކަށް ދުވަހުން އައްޑޫއަށް ބޯޓެއް ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ ޝިޕިން ކުންފުނިތަކުން ދީފައިވާ ކަމަށާއި ނަމަވެސް އެގޮތަށް ކުރެވޭނީ އައްޑޫގެ ވިޔަފާރިވެރިންގެ ޑިމާންޑާވެސް އެކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އައްޑޫއަށް ބޯޓެއް ދިޔުމަށް ވަކި އަދަދަކަށް ކާގޯ ބޯޓުގައި ހުންނަން ޖެހޭނެ. މިކަމުގެ ސަބަބުން ވަރަށް ބޮޑު ލުއިތަކެއް އައްޑޫގެ ރައްޔިތުންނަށް ލިބިގެންދާނެ. މާލެއަށް މުދާ ގެނައުމުގެ ބަދަލުގައި އިންޑިއާއިން ސީދާ އައްޑޫއަށް މުދާ ގެންދިޔުމުން ހިނގާ ހަރަދު ކުޑަވެގެންދާނެ. ތަރުކާރީ އަދި މޭވާފަދަ ތަކެތި އައްޑޫއަށް ދެން ލިބޭނީ ތާޒާކޮށް،" ވަޖީހު ވިދާޅުވި އެވެ.

މުދާތައް އައްޑޫއަށް ދާއިމީ ގޮތެއްގައި އިންޑިއާއިން ގެންދެވޭނެ މަގު ތަނަވަސް ކުރުމަށް އައްޑޫގެ ވިޔަފާރިވެރިންނާއެކު މަޝްވަރާތައް ކުރާނެ ކަމަށާއި މިކަން ފަހިވެގެންދިޔައީ އިންޑިއާގެ ޝިޕިން ކުންފުނިތަކުން އެދުނު ގޮތަށް ހިތަދޫ ޕޯޓުގެ ސެކިއުރިޓީ ކަންކަން ވަރުގަދަ ކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އައްޑޫގެ ޕޯޓު ތަރައްގީ ކުރެވޭނީ އެތަނަށް ދާއިމީ ގޮތެއްގައި ބޭރުގެ ބޯޓު ފަހަރު ގޮސްގެން ކަމަށާއި އެގޮތުން އިކޮނޮމިކް އެކްޓިވިޓީސްތައް އެތަނުގައި އިތުރުކޮށް ކުރިއަށް އޮތްތަނުގައި އެހެން ތަންތަނުން ވެސް މުދާ ސީދާ އައްޑޫއަށް ގެންދިޔުމަކީ އަމާޒެއް ކަމަށެވެ.

ކާބޯތަކެތީގެ އިތުރުން ބޯޓުތަކުން އެހެނިހެން މުދާތައް އެތެރެ ކުރުމުގެ ފުރުސަތު ވެސް ވިޔަފާރިތަކަށް ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox