ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފުރަތަމަ ޖަލްސާ ބާއްވައި، ޗެއާއަކަށް ބަޝީރު އިންތިހާބުކޮށްފި

ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފުރަތަމަ ޖަލްސާ ބޭއްވުން --

ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ފުރަތަމަ ޖަލްސާ ބޭއްވުން --

މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން (އެމްއެލްސީއޭ) ގެ ފުރަތަމަ ޖަލްސާ ބާއްވައި، ޗެއާޕާސަންއަކަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) އިންތިހާބުކޮށްފި އެވެ.

އެމްއެލްސީއޭއަކީ ދިވެހިރާއްޖޭގެ ސިޓީ، އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް އެ މުއައްސަސާތަކުގެ މެދުގައި އެކި ކަންކަމުގައި ގުޅުން ބަދަހިކުރުމާއި، އެކުގައި ކަންކަން ހާސިލުކުރުމަށް މަޝްވަރާކުރުމުގެ މާހައުލެއް އުފެއްދުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެކެވެ.

އެޕްރިލް 29، ގައި ރަޖިސްޓްރީކުރި މި ޖަމިއްޔާގެ މެންބަރަކަށް ވެވޭނީ ދިވެހިރާއްޖޭގެ ސިޓީ، އަތޮޅު، އަދި ރަށު ކައުންސިލްތަކަށެވެ.

ބ. ކަމަދޫގައި ބޭއްވި އެ ޖަމިއްޔާގެ ފުރަތަމަ އާންމު ޖަލްސާގައި ވަނީ، ޖަމިއްޔާގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކޮށްފަ އެވެ.

އެމްއެލްސީއޭގެ ހިންގާ ކޮމިޓީގައި ހިމެނެނީ ޗެއާޕާސަން، ސިޓީ ކައުންސިލްތައް ތަމްސީލުކުރާ ދެ މެންބަރުން، އަދި އަތޮޅު ކައުންސިލްތައް ތަމްސީލުކުރާ ތިން މެންބަރުންނާއި ރަށު ކައުންސިލްތައް ތަމްސީލުކުރާ ތިން މެންބަރުންނެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަށް އިންތިހާބުކުރި ކައުންސިލް މެންބަރުން:

  • ޗެއާޕާސަން: ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު
  • ސިޓީ ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފު
  • އަތޮޅު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ބ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އަފްރާހު
  • އަތޮޅު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ
  • އަތޮޅު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީގު
  • ރަށު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ބ. ކިހާދޫ ކައުންސިލްގެ ރައީސް ހުސައިން ޝާފިއު
  • ރަށު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ނ. ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރައުފު
  • ރަށު ކައުންސިލްތައް ތަމްސީލުކުރާ މެންބަރު: ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން

ޖަމިއްޔާގެ ޗެއާ ބަޝީރު ވިދާޅުވީ މިހަރަކާތް ގެތިގެން މިދަނީ މުސްތަގިއްލުކަމާއެކު ސީދާ މަހަލީ ކައުންސިލްތަކުން ހިންގެން އޮތް ހަރަކާތެއްގޮތުގައި ކަމަށާއި، އެހެންކަމުން ރާއްޖޭގެ ބަންޑާރަ ވަސީލަތްތައް ސިޔާސީ ގޮތުންނާ އަދި އިގްތިސާދީ ގޮތުން ވެސް ދިވެހިންނަށް އަނބުރާ ވާރުތަކޮށްދެވޭނެ ހިތްވަރު އަބަދުމެ ކައުންސިލްތަކަށް ލިބިދޭނެކަން ޔަގީންކުރާ ކަމަށެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެން މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އާދަމް ޝަރީފު ވަނީ މި ފަދަ ޖަމިއްޔާއެއްގެ މުހިންމުކަން ފާހަގަކޮށް، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރަން ކުރަން ހުރި މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް މި ޖަމިއްޔާގެ ފަރާތުން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށް ވިދާޅުވެފަ އެވެ.

ލޯކަލް ކައުންސިލްތަކަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދީގެން ޕްލޭންތައް އެކަށައަޅާ މުއައްސަސާތަކަކަށް ހެދުމަށް ބާރުއެޅުމަށާއި، ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގައި، ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންގެ ކަންކަން ނިންމުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަކީ ވެސް އެމްއެލްސީއޭގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox