ހަރަދުކުޑަކުރަން ނިންމާފައިވަނިކޮށް، އާރުޑީސީއަށް 35،000ރ. ގެ މުސާރާގައި ދެ ކޮންސަލްޓެންޓުން ނަގައިފި

އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ހަރަދުކުޑަކުރަން ނިންމާފައިވާ އާރުޑީސީއަށް 35،000ރ. ގެ މުސާރާގައި ދެ ކޮންސަލްޓެންޓުން ނަގައިފި - ފޮޓޯ: އަދަދު

އާރުޑީސީގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ހަރަދުކުޑަކުރަން ނިންމާފައިވާ އާރުޑީސީއަށް 35،000ރ. ގެ މުސާރާގައި ދެ ކޮންސަލްޓެންޓުން ނަގައިފި - ފޮޓޯ: އަދަދު

މާލީ ގޮތުން ފައިދާވާ ކުންފުންޏަކަށް ހެދުމަށްޓަކައި ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ރޯޑު ޑިވެލޮޕްމެންޓު ކޯޕަރޭޝަނަށް ބޮޑު މުސާރާގައި ދެ ކޮންސަލްޓެންޓުން ނަގައިފި އެވެ.

ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ އާރުޑީސީއިން ހަރަދުކުޑަކުރުމަށް ނިންމައި މުވައްޒަފުންނަށް ޖުލައި 4، ގައި މެމޯއެއް ފޮނުވި އެވެ. އެ ކުންފުނިން މިފަދަ ފިޔަވަޅުތަކެއް އަޅަން ނިންމީ ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށްދާ މި ދަނޑިވަޅުގައި، ހަރަދު ކުޑަކުރުމަށް ސަރުކާރުން ވެސް މަސައްކަތްތަކެއް ފަށާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

ނަމަވެސް ހަމަ އެ ދުވަހު އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަބީހު ވަނީ މުވައްޒަފުންނަށް އިތުރު މެމޯއެއް ފޮނުވާފަ އެވެ.

ކުންފުނީގެ ހިއުމަން ރިސޯސަސް މަސައްކަތްތަކާއި ރިޕެއާ އެންޑް މެއިންޓަނަންސްގެ މަސައްކަތްތައް ތަރުތީބުކުރުމަށް އަލަށް ނަގާފައިވާ ދެ ކޮންސަލްޓެންޓުންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވަނީ އެ މެމޯގައި އެދިފައިވެ އެވެ. ރިޕެއާ އެންޑް މެއިންޓަނަންސް ކޮންސަލްޓަންޓަކަށް ނަގާފައިވަނީ މޭޖާ ރިޓަޔާޑް އަލީ ނަޖީބް އެވެ. އެޗްއާރު ކޮންސަލްޓަންޓަކަށް ނަގާފައިވަނީ ޣުފްރާން އަބްދުލްޣަނީ އެވެ.

މިކަމާ ގުޅިގެން "އަދަދު" އިން ސުވާލުކުރުމުން ޑީއެމްޑީ ނަބީހު ވިދާޅުވީ، އެޗްއާރު ކޮންސަލްޓަންޓު ނެގީ މިހާރު ހުރި ޕޮލިސީތައް މުރާޖައާކޮށް ކުންފުނިން ހަދާފައިވާ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކުންފުނި ބަށްޓަން ކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދިނުމުގެ ގޮތުން ކަމަށެވެ.

އަދި، ރިޕެއާ އެންޑް މެއިންޓަނަންސް ކޮންސަލްޓެންޓެއް ނެގީ ވެހިކަލް މެއިންޓަނަންސް ފަދަ މަސައްކަތްތައް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށްވެސް ވިދާޅުވެ އެވެ. އެ ދެ ކޮންސަލްޓެންޓުން ނަގަން މިދިޔަ ޖެނުއަރީ މަހު އޮތީ ނިންމާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮންސަލްޓަންޓަކަށް [މުސާރައިގެ ގޮތުގައި] އުޅޭނީ ގާތްގަނޑަކަށް 35،000ރ. ވަރު" މުސާރައާ ގުޅޭގޮތުން ސުވާލުކުރުމުން ނަބީހު ވިދާޅުވި އެވެ. އެ މީހުން ނަގާފައިވަނީ މަދުވެގެން އަހަރެއްހާ ދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން ދެ ކޮންސަލްޓުންގެ މުސާރައިގެ ގޮތުގައި ކުރިއަށް އޮތް އަހަރު އާރުޑީސީއިން 840،000ރ. ހަރަދުކުރާނެ އެވެ.

އާރުޑީސީއިން ބޮޑު މުސާރާގައި ދެ ކޮންސަލްޓަންޓުން ނަގާފައި މިވަނީ އެ ކުންފުނީގެ ބައެއް މުވައްޒަފުން 'ހަރަދު ކުޑަކުރުމުގެ' ގޮތުން ވަޒީފާއިން ވަކިކުރަމުންދާ ކަމުގެ އަޑުތައްވެސް ފެތުރިފައި ވަނިކޮށެވެ.

ނަމަވެސް ޑީއެމްޑީ ވިދާޅުވީ މި ފަހުން މުވައްޒަފުން ވަކިކޮށްފައިވަނީ ކުންފުނީގެ އެޗްއާރު ޕޮލިސީތަކާ އެއްގޮތަށް ކަމަށާއި އޭގެ ތެރޭގައި ހިމެނޭނީ 60 ދުވަހަށްވުރެ ގިނަ ދުވަހު ވަޒީފާއަށް ނުނިކުންނަށް މުވައްޒަފުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox