ޝިއުނާ، މަލްޝާ އަދި މަހްޒޫމް މަސައްކަތެއް ނުކުރައްވަައި މުސާރައިގެ ގޮތުގައި 567,000ރ. ނަންގަވައިފި

ރައީސް މުއިއްޒު، ސަސްޕެންޝަނުގައި ތިއްބެވި މަލްޝާ (ވ) އަދި ޝިއުނާ އާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ސަސްޕެންޝަނުގައި ތިއްބެވި މަލްޝާ (ވ) އަދި ޝިއުނާ އާއެކު - ފޮޓޯ: ރައީސް އޮފީސް

ޖެނުއަރީ މަހުން ފެށިގެން ސަސްޕެންޝަނުގައި ތިބި ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ، މަލްޝާ ޝަރީފާއި, މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވާ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ނެންގެވި ފައިސާގެ އަދަދު ފަސް ލައްކަ ރުފިޔާ ހުރަސްކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައިގައި އެ ތިން ނައިބު މިނިސްޓަރުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ މި އަހަރުގެ ޖެނުއަރީ 7، ގަ އެވެ. އަދި ނައިބުންތައް ސަސްޕެންޑުކުރީ މައްސަލަ އިތުރަށް ބަލަން ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު، އިބްރާހިމް ހަލީލް އޭރު ވިދާޅުވެފައިވެ އެވެ.

މިކަމާ ގުޅިގެން ތިން ނައިބުން ސަސްޕެންޑުކުރި ސަބަބާއި މާޗު މަހުގެ 27 އާ ހަމައަށް ދީފައިވާ މުސާރަ އާއި އިތުރު ފިޔަވަޅެއް އަޅާފައިވޭތޯ ބެލުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" ނޫހުން ވާނީ ހުށަހަޅާފަ އެވެ.

މިނިސްޓްރީން އެ އާރުޓީއައި ރިކުއެސްޓަށް ޖަވާބުދީފައިވަނީ އޭގެ ތިން މަސްފަހުން އިއްޔެ އެވެ. އެ ޖަވާބުގައިވާ ގޮތުން ޖެނުއަރީ އިން މާޗުގެ ނިޔަލަށް ކޮންމެ ނައިބަކަށް ދިން މުސާރައިގެ ޖުމްލަ އަދަދަކީ 94،500ރ. އެވެ. އެއީ މަހަކަށް 31،500ރ. އެވެ.

އޭގެ ފަހުން ހިނގާދިޔަ ތިން މަސްދުވަހުގެ މުސާރަ އެއް ކޮށްލުމުން ސަސްޕެންޝަނުގެ މުއްދަތުގައި މިއަދާ ހަމައަށް ކޮންމެ ނައިބު ވަޒީރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 189،000ރ. ދީފައިވެ އެވެ. މި ހިސާބުތަކުން އިނގޭ ގޮތުގައި ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރައްވާ ޝިއުނާ، މަލްޝާ އަދި މަހްޒޫމު ވަނީ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 567،000ރ. ވަނީ ދައުލަތުގެ ބަޖެޓުން ދީފަ އެވެ.

ޔޫތު މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ތިން ނައިބުން ސަސްޕެންޑުކުރަން ނިންމީ ސުލޫކީ މިންގަނޑާ ހިލާފުވެގެންނެވެ. އެއީ ރައީސް އޮފީހުގެ ނިންމުމެއް ކަމަށާއި މައްސަލަ އަދިވެސް ބަލަމުން ދަނީ އެ އޮފީހުން ކަމަށް މިނިސްޓްރީގެ ޖަވާބުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންނާއި އެ ގައުމުގެ ރައްޔިތުން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލާ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. މީގެއިތުރުން މި މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ބޮޑު ކޯޅުމެއްވެސް ހިނގާދިޔަ އެވެ.

ނައިބުންގެ ބަސްމަގާއި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދެ ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުވެސް ވަނީ ޖޫން 30، ގައި ވިދާޅުވެފަ އެވެ.

އަމީރު ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށް ވުރެ 47،000 މަދުވެފައިވާ ކަމަށެވެ. އެގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 450 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމުލަ ގޮތެއްގައި 2.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ،" އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox