ވެރިންގެ ބަސްމަގުގެ ސަބަބުން 2 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވޭ: އަމީރު

ރައީސް މުއިއްޒު އަދި ސަސްޕެންޑުކޮށް މުސާރަ ދެމުންދާ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު

ރައީސް މުއިއްޒު އަދި ސަސްޕެންޑުކޮށް މުސާރަ ދެމުންދާ ޑެޕިއުޓީ މިނިސްޓަރުން ކަމުގައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުންގެ ބަސްމަގާއި ސިޔާސަތުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް 2 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

"ނޭވާ ނުލެވޭ" ހިސާބަށް ދަށަށް ސަރުކާރުގެ މާލީ ހާލަތު، ގޮސްފައި ވާއިރު، މާލީ އަދި އިގުތިސޯދީ ހާލަތާ ގުޅޭ ގޮތުން، އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ރައީސް މުއިއްޒު އާއި ޑެޕިއުޓީ މިނިސްޓަރުންގެ ގެންގުއްވި ސިޔާސަތުން ހާރިޖީ ގުޅުމަށް ލޮޅުން އަރާފައިވާ ކަމަށެވެ.

އަމީރު އިޝާރާތް އެ ކުރެއްވީ ރައީސް މުއިއްޒުގެ އިތުރުން ޑެޕިއުޓީ ތިން މިނިސްޓަރަކު، ރާއްޖޭގެ އެންމެ އަވައްޓެރި އިންޑިއާއަށް ބަދުބަސް ބުނެ، އަދި ބައެއް ބޭފުޅުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް މަލާމާތްކޮށް ފާޑުކިޔާފައިވާ މައްސަލައަށެވެ.

ރައީސް މުއިއްޒުގެ އިތުރުން އިންޑިއާ އަށް ފާޅުގައި ބަދުބަސް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ ގޮތުގައި ތިއްބެވި މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކޮށް، މުސާރަ ދެމުންދާތާ ހަ މަސް ދުވަސްވުމަށް ވަނީ ގާތްވެފަ އެވެ.

ސަރުކާރުގެ ވެރިން އިންޑިއާއާ ދިމާކޮށް، ފުރައްސާރަކޮށް ހެދުމުން ރާއްޖެ ޒިޔާރަތް ނުކުރަން ގޮވާލައި، އިންޑިއާ ސޯޝަލް މީޑިއާ އެކްޓިވިސްޓުންނާއި ބޮލީވިޑުގެ ތަރިންނާއި އެހެން ދާއިރާތަކުން ވެސް މަޝްހޫރު ބައެއް މީހުން ވަރުގަދަ ކެމްޕޭނެއް ފެށި އެވެ.

އެކަމުގެ ނަތީޖާ ޒިޔާރަތްކުރާ ޓޫރިސްޓުންގެ ނަންބަރުން އެބަ ދައްކަ އެވެ.

އަމީރު ވިދާޅުވީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ކުރީ އަހަރަށް ވުރެ 47،000 މަދުވެފައިވާ ކަމަށެވެ. އެގެ ސަބަބުން ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 450 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ޖުމުލަ ގޮތެއްގައި 2.3 ބިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ،" އަމީރު ވިދާޅުވި އެވެ.

އިންޑިއާ މާކެޓު ފުޅާވާން ފެށީ 2019 ގައި އިންޑިއާ އާއި ރާއްޖެއާދެމެދު ކުރާ ދަތުރުތައް ގިނަ ކުރުމުން ކަމަށް ޓޫރިޒަމް މިނިސްޓްރީން ނެރޭ ޓުއަރިޒަމް އިޔާ ބުކް 2023 ގައި ބުނެފައިވެ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު އެކަނި ވެސް އިންޑިއާގެ މާކެޓަށް 83 ޕަސެންޓުގެ ކުރިއެރުމެއް ލިބުނެވެ.

ނިމިދިޔަ 2023 ވަނަ އަހަރު ރާއްޖެއަށް އިންޑިއާގެ 264,753 ފަތުރުވެރިން ރާއްޖެ އައެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 6.9 ޕަސެންޓުގެ ވެއްޓުމެކެވެ.

ނަމަވެސް މިހާރު އިންޑިއާ މާކެޓު ދަށްވެ އެކަމުގެ ނޭދެވޭ އަސަރު މުޅި ޓޫރިޒަމަށް، ހާއްސަކޮށް ގެސްޓްހައުސްތަކަށް އިންތިހާއަށް ވަނީ ކޮށްފަ އެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޮފް ސީޒަންގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކުގެ އޮކިއުޕަންސީ ހިފަހައްޓަނީ އިންޑިއާ މާކެޓުން ކަމަށް ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox