މަސް ގަންނަ އަގު އަންނަ ހޯމައިން ފެށިގެން 15ރ. އަށް ތިރިކުރަނީ

މަސްވެރިން މަސައްކަތުގައި، ދައުލަތުގެ މަސްކުންފުނި މިފްކޯއިން މަސްގަންނަ އަގު ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައި. ފައިލް ފޮޓޯ/އަދަދު

މަސްވެރިން މަސައްކަތުގައި، ދައުލަތުގެ މަސްކުންފުނި މިފްކޯއިން މަސްގަންނަ އަގު ބަދަލުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައި. ފައިލް ފޮޓޯ/އަދަދު

ދައުލަތުގެ މަސް ކުންފުނި މިފްކޯއަށް ކަނޑުމަސް ގަންނަ އަގު ޖުލައި 1، އިން ފެށިގެން (އަންނަ ހޯމަ ދުވަހުން ފެށިގެން) ބަދަލުކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ޖުލައި 2024 އިން ފެށިގެން، މަސްގަންނަ އަގު މުރާޖައާ ކުރާނެ ކަމަށެވެ.

އޭނާ ހަވާލާދެއްވި ކަރުދާހަކީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް އިއްޔެ ވަޑައިގެންނެވުމުގެ ކުރިން، މަޖިލީހަށް ފޮނުއްވި ކަރުދާހެކެވެ.

"މިފްކޯގެ ވާހަކަ ދެން މީގަ އެބަ އޮތް، މަސްގަންނަ އަގު ޖުލައި 2024, އިން ފެށިގެން މުރާޖައާކުރައްވާނެ ވާހަކަ، އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވަނީ އެކަންތައް ވެސް ހަމަ ސުންގަޑިއެއް ކަނޑައަޅުއްވައިގެން އެކަން ކުރުމަށޭ، އޭރުންތާއޭ އެ ސޭވިންގްސްތައް ހޯދެން ފެށޭނީ،" ނާޒިމު އިއްޔެ ވިދާޅުވި އެވެ.

އިތުބާރު ހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ގަންނަ އަގަކީ ކިލޯ އަކަށް 15.ރ ކަމަށް ކަނޑައަޅައި، ޖުލައި 1، އިން ފެށިގެން އެގޮތަށް މަސްގަންނަން މިފްކޯއަށް އަންގަން ސަރުކާރުން އޮތީ ނިންމައިފަ އެވެ.

މިފްކޯއިން މިހާރު ކަނޑުމަސް ގަންނަނީ ކިލޯއަކަށް 20.ރ ގެ ރޭޓުންނެވެ.

އެގޮތަށް ގަތުމުން، އެކުންފުނިން ރޯމަހުގެ ގޮތުގައި އެކްސްޕޯޓްކުރާ ކޮންމެ މަސްކިލޯއަކުން ހަތް ރުފިޔާގެ ގެއްލުން ވެ އެވެ. އެކަން ހަމަޖައްސަނީ ސަރުކާރުންދޭ ސަބްސިޑީ އިންނެވެ. މަސްގަންނަ އަގަކީ 15 ރުފިޔާ ކަމަށް ކަނޑައަޅައިފިއްޔާ ސަބްސިޑީގެ ގޮތުގައި ސަރުކާރުން މިފްކޯއަށް ފައިސާ ދޭން ޖެހޭނީ ކިލޯއަކަށް ދެ ރުފިޔާގެ މަގުންނެވެ.

މަސްވެރިން މިފްކޯއަށް ކިރި މަހަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 50 އަކަށް މިލިޔަން ރުފިޔާ ދޫނުކޮށް އޮތުމުން މިދިޔަ ހަފުތާގައި މުޒާހަރާ ކުރި އެވެ. އެނގިފައިވާ ގޮތުގައި އެފައިސާ ދީ ނިންމުމުގެ ކަންތައް މިހާރު ދަނީ ކުރިއަށެވެ.

މަސްގަންނަ އަގު ދަށްކުރަން ސަރުކާރުން ނިންމާފައި ވާއިރު، ކަނޑުމަސް ގަންނަ އަގު 20.ރ އަށް ވުރެ ދަށް ނުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox