އައްޑޫ މަސްވެރިން އެދެނީ ރާއްޖޭގެ ހުރިހާ މަސްވެރިން މުޒާހަރާއާ ގުޅެން

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން: ރާއްޖޭގެ އެކި ކަންކޮޅުން މުޒާހަރާގައި ބައިވެރިވާން ވަނީ އެދިފައި -- ފޮޓޯ: ފޭސްބުކް

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން: ރާއްޖޭގެ އެކި ކަންކޮޅުން މުޒާހަރާގައި ބައިވެރިވާން ވަނީ އެދިފައި -- ފޮޓޯ: ފޭސްބުކް

އައްޑޫ މީދޫގައި ހުންނަ މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅުން މަސްވެރިން ބައިވެރިވުމަށް އައްޑޫގެ މަސްވެރިން ގޮވާލައިފި އެވެ.

މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ މަރަދޫ ރަހާ ދޯނީގެ އެން ކެޔޮޅު މުހައްމަދު ޝަމީޒް "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މި މުޒާހަރާއަކީ ހުރިހާ މަސްވެރިންގެ ހައްގުގައި ކުރަމުންދާ މުޒާހަރާއެއް ކަމަށާއި މުޒާހަރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މަސްވެރިން ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

މަސްވެރިންނަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދައި، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދޭތީ އައްޑޫގައި މަސްވެރިން މުޒާހަރާ ކުރަމުން އަންނަތާ ހަފްތާއެއް ވެފައިވާއިރު، ބައެއް ރަށްރަށުގައި ވެސް މަސްވެރިންނަށް ފައިސާ ނުދޭތީ މުޒާހަރާ ކޮށްފައިވެ އެވެ.

"މުޒާހަރާ މި ކުރަނީ ހުރިހާ މަސްވެރިންގެ ހައްގުގައި. މިކަމުގައި ހުރިހާ މަސްވެރިން ބައިވެރިވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް. މަސްވެރިންގެ ވެސް ހައްގުތަކެއް އޮންނަން އެބަ ޖެހޭ. އެ ހައްގުތައް ކަށަވަރު ކުރަން ސަރުކާރު ޖަވާބުދާރީ ކުރުވޭނީ ހުރިހާ މަސްވެރިން ގުޅިގެން،" ޝަމީޒް ބުންޏެވެ.

އައްޑޫގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ އެ މަސްވެރިންގެ އާއިލާތަކުން ގުޅިފައިވާއިރު، އެ މަސްވެރިން ބުނަމުންދަނީ ފައިސާ ނުލިބޭތީ އެ މަސްވެރިންގެ އާއިލާތައް ނިކަމެތިވެފައިވާ ކަމަށެވެ.

އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިންނަށް ސަރުކާރުން ޖަވާބެއް ނުދޭ ނަމަ މަސް ދޯނިތަކާއެކު މާލެއަށް މިސްރާބު ޖަހާނެ ކަމަށާއި މިއަދު ކޫއްޑޫއަށް ދާނެ ކަމަށް މުޒާހަރާ ކުރާ މަސްވެރިން ވަނީ ބުނެފަ އެވެ.

މަސްވެރިންނަށް ފައިސާ ނުދީގެން އަދި ލޭނު އެޅުމާ ދެކޮޅަށް މި މަހުގެ ތެރޭގައި ބޮޑު ކަންނެލި މަސްވެރިން ވެސް ކަނޑުމަތީގައި އިހުތިޖާޖުކޮށްފައިވެ އެވެ. އެ އިހުތިޖާޖުގައި 25 އެއްހާ ދޯނި ބައިވެރިވީއިރު، މުޒާހަރާ ހުއްޓާލީ ބައެއް ޑިމާންޑުތައް ސަރުކާރުން ގަބޫލުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox