ޔާމީނު ވެސް ވިދާޅުވީ ވިޔަފާރި ބަނދަރު ކުއްޔަށް ދިނުން ޖީއެމްއާރަށް އެއާޕޯޓު ދިނުމާ އެއްފަދަ ކަމަށް

ޔާމީނު ވެސް ވިދާޅުވީ ވިޔަފާރި ބަނދަރު ކުއްޔަށް ދިނުން ޖީއެމްއާރަށް އެއާޕޯޓު ދިނުމާ އެއްފަދަ ކަމަށް

ރާއްޖޭގެ ވިޔަފާރި ބަނދަރު ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދިނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދިނުމާ އެއްފަދަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނު މިނިވަންވެވަޑައިގަތުމަށްފަހު ޕޯޑިއަމެއްގެ ކުރިމައްޗަށް ހުއްޓިވަޑައިގެން ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރާ ރަނގަޅު ކަންތައްތައް ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ގޯސްކޮށް ހިނގާ ކަންކަން ބަލައި ނުގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކީއްވެގެންތޯ އަޅުގަނޑުމެން މިއަދު ގަބޫލު ކުރަންވީ އަޅުގަނޑުމެންގެ މާލޭގެ ޕޯޓު ވިއްކާލަން އުޅޭ މައްސަލަ، ކީއްވެގެންތޯ އަޅުގަނޑުމެން ގަބޫލު ކުރަންވީ އެއީ ރަނގަޅު ކަމެއް ކަމަށް؟ ސަރުކާރު ހިންގާ ޕާޓީގެ ބޮޑު އަގުލަބިއްޔަތު ރައްޔިތުންގެ މަޖިލީހުގައި އޮތަސް ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު މިކަމުގެ ޒިންމާ އުފުއްލަވަން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ކުއްޔަށް ދޫކުރުމުން އެކަމާ ވެސް އެންމެ ބޮޑަށް ދެކޮޅު ހެދީ ޕީޕީއެމުން ކަމަށާއި އެކަމަށް ހައްލެއް ހޯދީ އެތައް ރެޔަކު ނުކުމެ މަސައްކަތް ކޮށްގެން ކަމަށެވެ.

"އޭރު އަޅުގަނޑުމެން ދެއްކި ވާހަކަ މިއަދަކު ހަނދާނެއް ނެތް، މިއަދު އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެން ޕީޕީއެމް ވެރިކަމެއް އޮވެފައި އަދި ޕީއެންސީއޭ ކީ ނަމަވެސް ޕީޕީއެމްގެ ވެރިކަމެއްގައި މިއުޅެނީ މި ހަޑި މުޑުދާރު ކަންތައް ކުރަން، އަޅުގަނޑުމެން މިއުޅެނީ އަޅުގަނޑުމެންގެ ދެން އޮތް ޕޯޓު، އެކައްޗަކީ ވައިގެ ޕޯޓު އަނެކައްޗަކީ ކަނޑުމަގުގައި އޮތް ޕޯޓު، އޭތި ވިއްކާލަން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އަތުގައި އަގުހުރި މުދަލެއް އޮވެއްޖެ ނަމަ އޭތި ވިއްކައިލަން އުޅޭނީ ވިޔަފާރި ކުރަން އެންމެ ނޭނގޭ މީހާ ކަމަށާއި ދެން އެއަށްވުރެ ރަނގަޅަށް ވިޔަފާރި އެނގޭ މީހަކުވެއްޖެއްޔާ އުޅޭނީ އެ މުދާ ކުއްޔަށް ދޫކޮށްގެން މަންފާ ހޯދަން ކަމަށެވެ. ނަމަވެސް ވިޔަފާރީގެ ހިޔާލު ހުރެ ވިޔަފާރި ކުރަން އަސްލު އެނގޭ މީހަކު ނަމަ އެ މުދަލުން އަމިއްލައަށް ފައިދާ ހޯދޭނެ ގޮތެއް ހޯދާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕޯޓު ވިއްކާލައިފައި އަޅުގަނޑުމެންގެ އެއާޕޯޓު ވިއްކާލައިފައި ދަރުމަވަންތަ ހޮސްޕިޓަލު ވިއްކާލައިފައި ދެން ބާކީ އޮންނާނީ ރައީސް އޮފީހާއި ބޮޑު ދިދައާ، އެހެންވީމާ ދެން ވެރިކަން ކުރަން އަންނަ ބަޔަކަށް، ކޯއްޗެއްތޯ އޮތީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރަށް އެއާޕޯޓު ދޭން އުޅުނީމާ އެކަން ހުއްޓުވުމަށް މާލިއްޔަތު ގާނޫނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އޭރު އިސްލާހެއް ހުށަހެޅި ކަމަށެވެ. އެ އިސްލާހުގެ މަތިން މިއަދު ގާސިމް ހަނދާން ހުރިތޯ ވެސް ޔާމީން ސުވާލު ކުރެއްވި އެވެ.

އެއަށްފަހު ޔާމީން ވަނީ މަޖިލީހުގައި ތިއްބެވި ޕީއެންސީގެ މެންބަރުންނަށް ވެސް އިލްތިމާސްއެއް ކުރައްވައިފަ އެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އެއް ޕާޓީއަކަށް ކިތަންމެ ބޮޑު އަގުލަބިއްޔަތެއް އޮތް ނަމަވެސް އެންމެ ފުރަތަމަ އިސް ކުރަންޖެހޭނީ ގައުމީ މަސްލަހަތު ކަމަށެވެ. އެހެންކަމުން ރާއްޖޭގެ ވިޔަފާރި ބަނދަރު ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދިނުމާ މަޖިލީހުގެ މެންބަރުން ވެސް ދެކޮޅު ހައްދަވަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މިއަދު މިދައްކަނީ ޕޯޓު ވިއްކާ ވާހަކަ، ރައްޔިތުންގެ މަޖިލީހުގައި ތިބި އަޅުގަނޑުމެންގެ ފިކުރުގެ މެންބަރުންނަށް އަޅުގަނޑު ދަންނަވާލާނަން، ވެރިކަން ކުރާ ޕާޓީގައި ތިއްބެވިޔަސް މިއަށް ސަމާލުވާށޭ، މިއީ ރައްޔިތުން އެއްގޮތަކަށް ވެސް ރުހޭނެ ކަމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ފަށައި ކުރިއަށް ނުގެންދެވުނު ރަސްމާލެ ޕްރޮޖެކްޓަށާއި އިންޑިއާ ސިފައިންނާ ގުޅިގެން ރައީސް މުއިއްޒު ކަން ކުރެއްވި ގޮތަށް ވެސް ފާޑު ވިދާޅުފަ އެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރު ވެސް އަދި އިދިކޮޅު އެމްޑީޕީ ވެސް ޒިންމާދާރު ކުރުވާނީ އެމަނިކުފާނުގެ ޕީއެންއެފުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox